ads
އުމަރު ނަސީރު އަނބިކަބަލުން އާއިއެކު
ބޯ ކޮށަންވާ ގޮތާ، އަޅަންވާ ހެދުމާ، ޖަހަންވާ ސެންޓް ވެސް ނިންމަނީ އޭނާ: އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަކީ ފާހަގަކޮށްލެވޭ ވަރުގަދަ ސިޔާސީ ޝަހުޝެއް ކަމާއިމެދު ޝައްކެތްނެތެވެ. އާއްމުކޮށް ސިޔާސީ މައިދާނުގައި ހަރުކޮށް ފެންނަ ފަރާތްތައްވެސް އަމިއްލަ ދިރިއުޅުމުގައި ކަންކަން ބައްޓަންވެފަައި އޮންނަގޮތް ތަފާތެވެ.
Advertisement

އުމަރު ނަސީރުގެ ކައިވެންޏަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓުގައިވެސް ކިޔައިދެނީ ސިޔާސީ ގޮތުން އެއް އިރެއްގައި ހޯމް މިނިސްޓަރު ކަމުގެ ކޯޓު ތުރުކުރެއްވި ނަމަވެސް އެމަނިކުފާނުގެ ހޯމް މިނިސްޓަރަކީ އަނބިމީހާ ކަމެެވެ. 

ކައިވެންޏަށް 25 އަހަރު ފުރޭ އުފާވެރި ދުވަހުގެ ހެޔޮއެދުންތައް ލޯބިވާ އަނބިމީހާއަށް ފޮނުވަމުން އުމަރު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ބޯ ކޮށަންވާ ގޮތާ، އަޅަންވާ ހެދުމާ، ޖަހަންވާ ސެންޓް ވެސް ނިންމަނީ އަނބިމީހާ ކަމަށެެވެ. 

އަދި އެމަނިކުފާނުގެ މަންމަ، އެމަނިކުފާނަށްވުރެ ބޮޑަށް އަނބިމީހާ ދެކެލޯބިވާ ކަމަށާއި ދަރިންނާ، ދަނބިދަރިން ވެސް އެމަނިކުފާނަށް ވުރެ ބޮޑަށް އެމަނިކުފާނުގެ އަނބިމީހާދެކެ ލޯބިވާ ކަމަށެެވެ. 

“ގޭގެ ފައިސާ އާއި، އިދާރީ ކަންކަމާ އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ވެރިޔަކީ އޭނާ އެވެ. އެއީ އަހަރެންގެ 'ހޯމް' މިނިސްޓަރު އެވެ. ގޭގެ ވެރިޔާ އެވެ. އަހަރުމެންގެ ކައިވެންޏަށް 25 އަހަރު ފުރޭ މި އުފާވެރި ދުވަހުގެ ހެޔޮއެދުން ތައް ލޯބިވާ އަންހެނުންނަށް ފޮނުވަމެވެ” އުމަރު ވިދާޅުވެފައިވެއެވެ.

އުމުރުން 54 އަހަރުގެ އުމަރު ނަސީރަކީ އަލްމަރްހޫމް ބޮޑިބަތް ދޮންކަލޭފާނާއި ހުސްނާ އާދަމް އަށް ލިބިވަޑައިގެންނެވި ތިން ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. 

ބާސްކެޓުކުޅުމަށް ޝައުގުވެރިކަން ހުންނަ އުމަރު އެމަނިކުފާނުގެ ހަޔާތުގެ ބައިވެރިޔާ އަދި އަނބިކަބަލުންނާއި ދިމާވަނީވެސް ބާސްކެޓުގެ ތެރެއިންނެވެ. ކޯޗުކަން ކޮށްދެނިކޮށް ދިމާވިގޮތައް ކައިވެނި ބައްލަވައިގަނެ މިހާރު އެކައިވެންޏަށް 25 އަހަރު ވީއިރު، މިހާރު އުމަރުގެ ހަތަރު ދަރިން ތިބެއެވެ. އެންމެ ދޮށީ ދަރިއަށް 23 އަހަރު ފުރިނުއިރު އެންމެ ހަގު ކުއްޖާއަށްވީ 11 އަހަރެވެ.

77%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް