މި މައްސަލައިގައި ރޭ ހައްޔަރު ކޮށްފައި ވަނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެގޮތުން މި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ވަނީ މިމަހުގެ 15 ވަނަ ދުވަހު ޓެރަރިޒަމްއާ ދެކޮޅަށް އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައިވެސް ހަތް ދިވެއްސަކު ހައްޔަރު ކޮށްފައެވެ. އެ ހަތް މީހުންނަކީ ވެސް އެ ސިޓީގައި ހަރުކަށި ފިކުރު ފަތުރައި، އެކަމުގެ ތެރޭގައި އުޅުނު ބައެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހަރުކަށި ފިކުރު ފެތުރުމުގެ އިތުރުން، ޓެރަރިޒަމް އަށް ހިތްވަރުދޭ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.