ފުލުހުން މިހެން ބުނެފައިވަނީ، ދަރަވަންދޫގައި އެއްވެސް އޮޕަރޭޝަނެއް ކުރިއަށްގެންދާތޯ ފުލުހުންގެ ވަޓްސްއެޕް ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިރޭ ފުލުހުންގެ އޮޕަރޭޝަނެއް ދަރަވަންދޫގައި ކުރިއަށްގެންދާކަން ޔަގީންކޮށްދިން ނަމަވެސް، މިއީ ކޮންކަމަކާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ނުބުނެއެވެ.
މި އޮޕަރޭޝަންގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ދަރަވަންދޫގައި ފުލުހުން ކުރިއަަށްގެންދަމުން އަންނަނީ ކައުންޓާ ޓެރަރިޒަމްގެ ހާއްސަ އޮޕަރޭޝަނެކެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.