ads
ގއ. ވިލިނގިލި-- ހަލީމް ޓްވިޓާ
ވިލިނގިލީގައި އިރުއޮއްސި 6 އިން ފަތިހު 4 އަކަށް ކާފިއު އިއުލާނު ކޮށްފި
ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާ ހާއްސަ ފިޔަވަޅުތަކުގެ ދަށުން ގއ. ވިލިނގިލީގައި ކާފިއު އިއުލާނު ކޮށްފިއެވެ.

އެޗްޕީއޭއިން އާންމު ކުރި އެންގުމެއްގައި ބުނެފައިވަނީ، މާދަމާ އިން ފެށިގެން ހަތް ދުވަހުގެ ނިޔަލަށް ވިލިނގިލީގައި އިރުއޮއްސި ހަޔަކުން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު އިއުލާނު ކުރާ ކަމަށެވެ.

އެގޮތުން މި ވަގުތު އެ ރަށުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ. 

މީގެ އިތުރުންވެސް ކޮވިޑް 19 އިން ރައްކާތެރިވުމަށް ވިލިނގިލީގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެއީ؛

  • ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުން
  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން
  • އެއްފަހަރާ ތިން މީހުނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓާލުން
  • ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުން
  • ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން
  • ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމު ކޮށްފައިވާ ގައިޑްލައިނުތަކާއި އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުން
  • ފިހާރަތަކުން ހިދުމަތްދޭއިރު އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑުލައިންތަކާއި އެއްގޮތަށް ހިދުމަތް ދިނުން
  • ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުން
  • ހޮޓާ، ކެފޭ، ރެސްޓޯރަންޓު އަދި ކާބޯތަކެތީގެ ހިދުމަތްދޭ އެހެންހިެން ތަންތަނުން ދެމުންގެންދާ ޓޭކްއަވޭ އަދި ޑެލިވަރީ ނޫން އެހެން ހިދުމަތްތައް ދިނުން ހުއްޓާލުމެވެ.

މި ފިޔަވަޅުތަކަށް އަމަލުކުރަން ފަށަން ނިންމާފައިވަނީ މާދަމާއިން ފެށިގެން މިމަހު 26ގެ ނިޔަލަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް