ads
ކާފިއު
އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވި 516 މީހުން ޖޫރިމަނާކޮށްފި
އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން އިއްޔެ 516 މީހުން ވަނީ ޖޫރިމަނާ ކުރެވިފައި ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީން) މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 200 މީހަކު މާސްކު ނާޅާ ހުރުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. 

އަދި 316 މީހަކު ކާފިއުގެ ގަޑީގައި ބޭރުގައި ހުއްދައަކާ ނުލާ އުޅުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި ކެފޭ، ފިހާރަ އަދި ޖިމްތަކުގެ ތެރެއިން ކާފިއު ގަޑީގައި ހުޅުވާފައި ބެހެއްޓުމުގެ ސަބަބުން ތިން ތަނަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ނާސިރު ވިދާޅުވި އެވެ.

ނާސިރު ވިދާޅުވީ އެޗްޕީއޭގެ ފަރާތުން ހިންގި މާސް އިންސްޕެކްޝަނުގައި 56 ފިހާރައެއް ބަލާ ޗެކް ކުރެވުނު ކަމަށާއި ގައިޑްލައިނާ ހިލާފުވެގެން އެއް ފިހާރަ ވަނީ ބަންދުކޮށްފައި ކަަމަށެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެެވެ.

އެގޮތުން މާލެ ސަރަހައްދުގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ‏ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލުން ހިމެނެއެވެ. ނަމަވެސް ޑެލިވަރީ އަދި ޓޭކްއަވޭ ހިދުމަތް ދިނުން ކުރިއަށް ގެންދެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް