ads
ހީނާ އަދި އޭނާގެ ބަައްޕަ
ހީނާގެ ބައްޕަގެ މަރަށް 1މަސް: ހިއްސާކުރީ ބައްޕަގެ ކުރީގެ ވީޑިއޯއެއް
ހާޓް އެޓޭކެއްޖެހި ބޮލީވުޑް ތަރި ހީނާ ހާންގެ ބައްޕަ މަރުވެފައިވަނީ މިއަހަރުގެ އެޕްރީލް 20ވަނަ ދުވަހުއެވެ.

ހީނާގެ ބައްޕަ މަރުވީ އެދުވަހު ގޭގައި އުޅެނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ.

ހީނާ ފާހަގަކުރެވެނީ އޭނާގެ ބައްޕަ އާއި ވަރަށް ގާތްގުޅުމެއް އަބަދުވެސް ބާއްވާ ތަރިއެއްގެ ގޮތުގައެވެ. ސޯޝަލް މީޑިއާގައި އެކްޓިވް ހީނާ އޭނާގެ ޕޯސްޓުތަކުގައި ވަރަށް ގިނައިން ބައްޕައާ އެކު ނަގާފައިވާ ފޮޓޯތައް ހިއްސާކުރެއެވެ. 

އެހެންނަމަވެސް ބައްޕަ މަރުވުމާއިއެކު ހީނާވަނީ ސޯޝަލް މީޑިއާއި ދުވަސްކޮޅަކަށް ދުރަން ޖެހޭކަން އިއުލާންކޮށް ސޯޝަލް މީޑިއާއާއި ވަރަށް ބޮޑަށް ދުރުވެފައެވެ. އޭގެފަހުން ހީނާ އެބުރި އަންނަންދެން އޭނާގެ ސޯޝަލް މީޑިއާ މެނޭޖްކުރަމުންދާނީ އޭނާގެ ޓީމުންކަމަށްވެސް ބުނެފައިވެެއެވެ.

އެފަހުން މުޅިންވެސް އޭނާގެ މަސައްކަތްތަކުގެ ޕްރޮމޯޝަން ޕޯސްޓުތައް ހިއްސާކުރިނަމަވެސް އިއްޔެ ބައްޕަގެ މަރަށް 1 މަސް ފުރުމާއިއެކު އޭނާވަނީ ބައްޕައާއިއެކު ފެންނަ ކުރީގެ ވީޑިއޯއެއް ހިއްސާކޮށްފަައެވެ.

ވަރަށް ހަދާންވާކަމަށް ބުނެ ކޮށްފައިވާ އެ ޕޯސްޓުން ފެންނަނީ އާއިލާއާއިއެކު ބައްޕަ ކައިރީއިދެ ހީނާ ލަވަކިޔާ މަންޒަރެވެ. 

މަޝްހޫރު ޑްރާމާ “ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ”އިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އަދި ބިގްބޮސް އިން އެއްވަނަ ހޯދި ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ. އެކަމަކު ބޮލީވުޑުގައި މަސައްކަތް ކުރަން އެ ޝޯ، އޭނާ ދޫކޮށްލިއިރު އޭނާގެ ފުރަތަމަ ފިލްމު، "ހެކްޑް" މިހާރު ރިލީޒް ކޮށްފައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް