ads
ށ. ޅައިމަގު
އިސްރާއީލަށް ތާއީދުކުރި އިންޑިއާ ޓިޗަރެއް ޅައިމަގުންވެސް ބާލައިފި
އިސްރާއީލަށް ތާއީދުކުރުމުގެ ސަބަބުން ށ.ޅައިމަގު ސުކޫލުގައި މަސައްކަތް ކުރަމުންއައި އިންޑިއާއަށް ނިސްބަތްވާ ޓީޗަރަކު އެރަށުން ބާލައިފިއެވެ.
Advertisement

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ޅައިމަގު ކައުންސިލް މެންބަރު ޝަބާނާ ލަތީފް ވިދާޅުވީ އެ މީހާ އަކީ ޅައިމަގު ސުކޫލުގައި ކެމިސްޓްރީ ކިޔަވައިދެމުން އައި އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ރަށު ޒުވާނުން ނުކުމެ އެ މީހާ ދިރިއުޅޭ ގޭދޮށަށް އެއްވެ ނުރުހުން ފާޅުކުރަން ފެށީ މި މަހުގެ 16 ވަނަ ދުވަހު އިސްރައީލް އަށް ތާއީދުކޮށް އޭނާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން ކަމަށް ޝަބާނާ ވިދާޅުވިއެވެ. އަދި އެ ޓީޗަރު މިހާރު ވަނީ ސުކޫލުގެ ވަޒީފާއިން ސަސްޕެންޑު ކޮށްފައިކަމަށެވެ.

ޒުވާނުން އެނާގެ ގޭދޮށަށް އެއްވެ ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުގެ ސަބަބުން ރޭ ދަންވަރު 1:25 ހާއިރު 10 ފުލުހުންގެ ޓީމެއް އައިސް އޭނާ މިހާރު އެ އަތޮޅު ފުނަދޫއަށް ގެންގޮސްފައިވާ ކަމަށް ޝަބާނާ ވިދާޅުވިއެވެ. 

މިކަމާ ގުޅިގެން ފުލުހުން ބުނީ ޅައިމަގު ސުކޫލުގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރަކާމެދު އެ ރަށު ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކޮށް އެރަށުން ބާލަން ގޮވާލުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުން ޓީޗަރުގެ ރައްކާތެރިކަމަށްޓަކައި ރޭގެ ވަގުތެއްގައި އެރަށުން ބާލާފައިވާކަމަށެވެ. 

އިސްރާއީލަށް ތާއީދުކުރި އިންޑިއާގެ ޓީޗަރެއް ހދ. ހަނިމާދޫ ސުކޫލުންވެސް ވަކިކޮށް އިއްޔެގެ ވަގުތެއްގައި ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. ވަޒީފާއިން ވަކިކޮށްފައިވަނީ ސްކޫލުގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރުގެ މަގާމުގައިހުރި އިންޑިޔާގެ ޓީޗަރެއް ސޯޝަލް މީޑިއާގައި އިސްރާއީލަށް ތާއީދުކޮށް ޖެހި ސްޓޭޓަސް އަކާ ގުޅިގެންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް