ads
ގަޒާގެ އާއިލާތަކަށް ފެނާއި ކާބޯތަކެތި ހަދިޔާ ކުރަނީ
ގާޒާގެ 500 އާއިލާއަކަށް ކާބޯތަކެއްޗާއި ބޯފެން ދިވެހީންގެ އެހީގައި ފޯރުކޮށްދީފި
ގަޒާގެ 500އާއިލާއަކަށް ކާބޯތަކެއްޗާއި ބޯފެން ދިވެހީންގެ އެހީގައި ފޯރުކޮށްދީފިއެވެ.

ފަލަސްޠީނަށް އެމަޖެންސީ އެހީ ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއިން ކުރިއަށް ގެންދާ " ލޯތްބާއިއެކު 2021" ގެ ތެރެއިން ހުޅުވާލި ފުރުސަތުގައި ގިނަ އަަދަދެއްގެ ދިވެހީން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން އިއްޔެ ވަނީ 500 އާއިލާއަކަށް ބޭނުންވާނެ ކާބޯތަކެއްޗާއި ފެން ފޯރުކޮށްދެވިފަ ކަމަށް އައިއޭސީން ބުނެއެވެ. 

your imageގަޒާގެ އާއިލާތަކަށް ފެނާއި ކާބޯތަކެތި ހަދިޔާ ކުރަނީ

އަދި ގާޒާގެ ހޮސްޕިޓަލުތަކަށް ބޭނުންވާނެ އެންމެ މުހިންމު މެޑިކަލް އެކިޔުޕްމެންޓުވެސް މިއަދު ވަނީ އެ ކެމްޕެއިންގެ ތެރެއިން ފޯރުކޮށްދީފައެވެ. 

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ދަނީ ހުރިހާ ދިވެހިން ބައިވެރިވެގެން ފަލަސްތީނަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަދި އެ މަސައްކަތްތަކަށް ދިވެހިންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބާއިއެކު، މިހާރު ކުރިއަށް ދާ "ލޯތްބާއިއެކު 2021" ކެމްޕެއިންގެ މުއްދަތު އަންނަ ޖޫން މަހުގެ ފަހެއްގެ ނިޔަލަށް އިތުރުކުރަން ނިންމާފައިވާ ކަމަށްވެސް އިންޓަނޭޝަނަލް އެއިޑުން މައުލޫމާތުދެއެވެ.

އިސްރާއީލުން ދެމުންގެންދިޔަ ހަމަލާތަކުގައި ފަލަސްތީނުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނުއިރު ދިވެހީންގެ އެހީގައި ފަލަސްތީނު ހޮސްޕިޓަލަކަށް ވަނީ ކަރަންޓުވެސް ދީފައެވެ.

11 ދުވަހަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކަށްފަހު މިހާރު ހަމަލާތައް ދިނުން ހުއްޓާލުމަށް އިޒްރޭލުން ވަނީ އެެއްބަސްވެފައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް