ads
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
އިންޓަނެޓުގެ އާ އަގުތައް އިއުލާނުކުރުން އަނެއްކާވެސް ފަސްކޮށްފި
އިންޓަރނެޓްގެ ޚިދުމަތާ ގުޅޭ ސަރުކާރުގެ އާ ސިޔާސަތު އިއުލާނުކުރެވޭނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމަނު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.

އިންޓަނެޓުގެ އަގަށް ގެންނަ ހެޔޮ ބަދަލުތައް ފުރަތަމަ އިއުލާނުކުރަން ނިންމާފައިވަނީ މިއަދު ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ވަނީ ހަބަރު ފަތުރާފައެވެ. 

ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު މިއަދު ވަނީ އިންޓަނެޓުގެ އަގުތަކާ ގުޅޭ ސަރުކާރުގެ އާ ސިޔާސަތުތައް އިއުލާނުކުރެވޭނެ ރަސްމީ ތާރީހު ހާމަކޮށްފައެވެ.

މަބްރޫކް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޓަނެޓުގެ ހިދުމަތާ ގުޅޭ ސަރުކާރުގެ އާ ސިޔާސަތު 27 މޭ ވާ ބުރާސްފަތި ދުވަހުގެ 10 ޖަހާއިރު އިއުލާނުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މީގެ ކުރިންވެސް އިންޓަނެޓު އަގުހެޔޮކުރާނެ ތާރީހުކަމަށް ބުނެ އެތައް ތާރީހުތަކެއް ދީފައިވެއެވެ. ނަމަވެސް އިންޓަނެޓުގެ އަގު ހެޔޮވެގެންގޮސްފައެއް ނުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް