ads
ރައީސް އޮފީސް
އޮޑިޓަ ޖެނެރަލް ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ހުސްވެފައިވާ އޮޑީޓާ ޖެނެރަލްގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައިވަނީ މިއަދު އެވެ.

އެގޮތުން މި މަގާމަށް ކުރިމަތިލާން އެދޭ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖައްސާފައިވަނީ އަންނަ ޖޫން މަހުގެ ހައެއް އަދި ހަތެއްގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި އެ ދެދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސް އޮފީހުން ފޯމު ބަލައިގަންނާނެ ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ފޯމު ޑައުން ލޯޑު ކުރެވޭނީ ރައީސް އޮފީހުގެ ވެބްސައިޓުން ކަމަށް ރައީސް އޮފީހުން ބުނެއެވެ. 

އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު އެމަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިމަހު 12ގައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނިފައިވާތީ، ތުހުމަތެއް ކުރެވުމުން އެ މަގާމުގައި ދެމި ހުރުމަކީ އޮޑިޓާ ޖެނެރަލްގެ އޮފީހާއި ކަރާމާތަށް އުނިކަން އަންނާނެކަމެއް ކަމަށް ދެކޭ ކަމަށްބުނެ އެވެ. 

ޒިޔަތު ހިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ތުހުމަތުކުރެވުނު ނަމަވެސް އޭނާ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާނެ ކަމަށާއި ފައިސާ ލިބުނީ 2014 ގައިި ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ޕީޕީއެމްގެ ފަރާތުން ކަމަށާއި އެއީ ހިޔާނާތުގެ ފައިސާކަން ނޭގޭ ކަމަށެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް