ads
ރައްޔިތުންގެ މަޖިލިސް ފޮޓޯ: މަޖިލިސް
ކުލި ބޮޑުވުމުގެ މައްސަލައަށް ކޮށްދެވޭނެ ކަމެއްނެތް: މަޖިލިސް
ގޭގެ ކުލި ކަންޑައަޅާނެ ގޮތް ނިންމުމަކީ ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫންކަމަށް މަޖިލީހުން ބުނެފިއެވެ.
Advertisement

ގޭގެ ކުލި ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެދި ފާތިމަތު ސާއިރާ ހުށަހަޅާފައިވާ ޕެޓިޝަނަކަށް ޖަވާބު ދެއްވަމުން މަޖިލީހުން ބުނެފައިވަނީ ގެދޮރު އިމާރާތްކުރުމުގެ ދާއިރާއަކީ ބައެއްގެ އަމިއްލަ ވިޔަފާރިއެއް ކަމަށާއި، ގެދޮރުގެ ކުލި ކަނޑައެޅުމަކީ އެއިމާރާތް ކުރާ ބަޔަކު ނުވަތަ ގޯތީގެ ވެރިފަރާތުގެ އަމިއްލަ އިހްތިޔާރުގައި ނިންމާ ނިންމުމެއް ކަމަށެވެ. 

އެހެންކަމުން އަމިއްލަ ރައްޔިތުންކުރާ މިފަދަ ވިޔަފާރިތަކަށް ގޮތް ނިންމުމަކީ ކޮމިޓީއަށް ކުރެވޭނެ ކަމެއްނޫންކަމުގައި ގަބޫލުކުރާ ކަމަށްވެސް މަޖިލީހުގެ ޖަވާބުގައި ވެއެވެ. 

މަޖިލީހަށް ހުށަހަޅަފައިވާ ޕެޓިޝަންގައި ބުނެފައިވާގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެޖޯރިޓީއަކީ ކުއްޔަށް ދިރިއުޅޭ މީހުންނަށްވެފައި، ލިބޭ އާމްދަނީއާއި ނުބައްދަލު ކުއްޔެއް ދައްކަން ޖެހުމަކީ ބޭއިންސާފަކަށް ވާއިރު މިކަމުގެ ސަބަބުން މަދު ބަޔަކު މުއްސަންދިވަމުންދާތީ ފަގީރުކަމުން އަރައިނުގަނެވޭނެ ކަމަށްބުނެ ހުށަހަޅާފައިވާ ޕެޓިޝަނެކެވެ. 

މިކަމާއި ގުޅިގެން މަޖިލީހުން ވަނީ ބޭންކް އޮފް މޯލްޑިވްސްއާއި މަޝްވަރާ ކުރައްވާފައެވެ. އަދި މިފަދަ މަސައްކަތްތައް ކުރުމަށްޓަކައި ލޯނުދޭ ގޮތާއި އިންޓަރެސްޓު ކަނޑައަޅާ ގޮތާއިމެދުވެސް ވަނި މަޝްވަރާ ކުރެވިފައެވެ. އަދި ހުރި ރިސްކުތަކަށް ބަލައި ލޯނުދޭ އުސޫލުތަކަށް ބަދަލު އަންނައިރު، މާލޭގައި ބިނާކުރާ އިމާރާތްކަކީ އެކި ފެންވަރުގެ އިމާރާތްކަށްވާތީ އެކިލޯނުތަކަށް ދައްކަންޖެހޭނީ އެކިވަރަށް ކަމަށް ބީއެމްއެލްއިން ބުނެފައިވާ ކަމަށް މަޖިލީހުން ބުނެއެވެ.

ގޭގެ ކުލި ބޮޑުވުމަކީ މިހާރު މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް އެންމެ ބޮޑު މައްސަލައަށް ވެފައިވާއިރު، މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ އެކަމަށް ހައްލެއްގެންނަން ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް