ads
އިންޓަނެޓު ހެޔޮކުރުން --
ނެޓު ހެޔޮ ކުރުން: ލައިވް އިވެންޓު މާދަން ހެނދުނު!
އިންޓަނެޓުގެ ހިދުމަތާ ގުޅޭ ސަރުކާރުގެ އާ ސިޔާސަތު އިއުލާނު ކުރުމުގެ ލައިވް އިވެންޓު މާދަން ހެނދުނު އޮންނާނެ ކަމަށް މިނިސްޓްރީ އޮތް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންގް އެންޑް ޓެކްނޮލޮޖީން ބުނެފި އެވެ.

އެގޮތުން މާދަމާ ހެނދުނު 10:00 ގައި "ނެޓު ހެޔޮ" އިވެންޓު މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކާއި ޓީވީ ޗެނަލްތަކުން ލައިވް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. 

އަންގާރަ ދުވަހު އިންޓަނެޓުގެ އަގަށް ގެންނަ ހެޔޮ ބަދަލުތައް ސަރުކާރުން އިއުލާނު ކުރާނެ ކަމުގެ ވާހަކަ ތަކެއް މީގެ ކުރިން ފެތުރިފައިވެއެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ، އިންޓަނެޓުގެ ހިދުމަތާ ގުޅޭ ސަރުކާރުގެ އާ ސިޔާސަތު 27 މޭ ވާ ބުރާސްފަތި ދުވަހުގެ 10 ޖަހާއިރު އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ. 

މީގެ ކުރިންވެސް އިންޓަނެޓުގެ އަގުހެޔޮކޮށް، އަގުތައް އިއުލާނު ކުރާނެ އެކި ތާރީހުތަކެއް ސަރުކާރުން އާންމު ކޮށްފައިވާއިރު، ކުރީގެ ތާރީހުތަކެކޭ އެއްގޮތަށް މިހާރުވެސް މިއީ ސަރުކާރުން ދައްކާ ދަޅައެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑު ކިޔުން އަމާޒު ކޮށްފައެވެ. 

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް