ads
ކޮމިއުނިކޭޝަން އޮތޯރިޓީގެ ސީއީއޯ އިލްޔާސް އަހުމަދު-
ޕެކޭޖްތައް ހުސްވުމަށްފަހުވެސް މަސް ނިމެންދެން އިންޓަނެޓު ބޭނުންކުރެވޭގޮތް ހަދައިފި
ޕެކޭޖްތައް ހުސްވުމަށްފަހު ވެސް މަސް ނިމެންދެން އިތުރު ބޫސްޓަކާއިނުލާ އިންޓަނެޓު ބޭނުންކުރެވޭނެކަމަށް ކޮމިއުނިކޭޝަން އޮތޯރަޓީގެ ސީއީއޯ އިލިޔާސް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިލްޔާސް ވިދާޅުވީ މިބަދަލާ އެކު ޕެކޭޖް ހުސްވިނަމަވެސް މަސް ނިމެންދެން އިތުރު ބޫސްޓަކާއިނުލާ އެންމެ ދަށްވެގެން 2އެމްބީޕީއެސްގެ ސްޕީޑްގައި އިންޓަނެޓު ބޭނުންކުރެވޭނެކަމަށެވެ

"މިގޮތުން އެންމެ އަސާސީ ޕެކޭޖްގައިވެސް ޑޭޓާ ހުސްވުމުން 2އެމްބީޕީއެސް ސްޕީޑްގައި ޑޭޓާ ހުސްވުމުން މަސް ނިމެންދެން ހިދުމަތް ބޭނުންކުރައްވަމުން ގެންދެވޭނެ. އަދި ދެން ހުރި ޕެކޭޖްތަކުގަ އެޔަށްވުރެ ރަނގަޅު ސްޕީޑްގައި އާދެ، 5އެމްބީޕީއެސް ސްޕީޑްގަ ޑޭޓާ ހުސްވުމަށްފަހުވެސް ޕެކޭޖްތައް މަސް ނިމެންދެން ހަމަ ބޭނުން ކުރައްވަމުން ގެންދެވޭނެ" އިލިޔާސް ވިދާޅުވިއެވެ.

އިންޓަނެޓުގެ ހެޔޮއަގުގެ ދަށުން މިއަދު އިންޓަނެޓު ބޭނުންކުރެވޭ އެންމެ ދަށް ސްޕީޑްގެ ގޮތުގައި ހަމަޖެއްސި 2އެމްބީޕީއެސް އަކީ ޔޫޓިއުބް ސްޓްރީމިން ވީޑިއޯ އަދި ގޫގަލް މީޓް ފަަދަ ހިދުމަތްތައް އާދައިގެ ގޮތަކަށް ބޭނުންކުރެވޭ ސްޕީޑެކެވެ. އެފަދަ ހިދުމަތްތައް އެކަށީގެންވާ ސްޕީޑްގައި ބޭނުންކުރެވޭނީ 5އެމްބީޕީއެސް ސްޕީޑްގައެވެ.  

އިލިޔާސް ވިދާޅުވީ ޑޭޓާ ހުސްވުމަށްފަހުވެސް ހިދުމަތް ބޭނުންކުރުމަށް ދެން އިތުރު ޕެކޭޖް ނެގުމާއި، ޑޭޓާ ބޫސްޓާސް ނަގަން ނުޖެހޭނެކަމަށާއި އެކަމަށް އާއްމުންގެ އަތުން އިތުރު ހަރަދުކުރަން ނުޖެހޭނެ ކަމަށެވެ. 

އިލިޔާސް އިތުރަށް ވިދާޅުވީ މިއަދު ގެންނަން ކަނޑައެޅި ބަދަލުތައް ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރެވެމުންދާއިރު، އިންޓަނެޓު ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހިދުަމަތްދެމުންދަނީ މި ބަދަލުތަކާއި އެއްގޮތަށްތޯ ކޮމިއުނިކޭޝަން އޮތޯރިޓީން ބަލަމުންގެންދާނެ ކަމަށާއި، އެކަން އެގޮތަށް ކުރަމުން ނުދާނަމަ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަަޅަމުން ގެންދާނެ ކަމަށެވެ.

89%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް