
ބޮލީވުޑު ލައިފް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަމީތާބު ގަތީ މަހަރާސްތުރާއިން ލަގްޒަރީ އެޕާޓްމެންޓެކެވެ. 5000 އަކަ ފޫޓުގެ މިއެޕާޓްމެންޓުގެ އަގު 31 ކްރޯއަށް އަރައެވެ. ނަމަވެސް އަމީތާބު އެޕާޓްމެންޓު ގަތުމަށް ސްޓޭމްޕް ފީ އާއެކު 62 ލައްކަ އިންޑިއަން ރުޕީސް ދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖޫހީގެ އަންދޭރީ ހިސާބުން އަމީތާބު ގަތް ބަންގަލޯ އެޕާޓްމަންޓުގައި 6 ކާރު ޕާކް ކުރެވޭނެ ޖާގަ އޮވެއެވެ. އަމީތާބު ގަނެފައިވަނީ އެ އިމާރާތުގެ 27 ވަނަ ފްލޯ އާއި 28 ވަނަ ފްލޯއެވެ.
އަމީތާބު އެޕާޓްމެންޓު ގަތް އިމާރާތުން ދާދި ފަހުން ސަނީ ލިއޯން ވެސް ވަނީ އެޕާޓްމެންޓެއް ގަނެފައެވެ. ސަނީ ލިއޯންގެ އެޕާޓްމެންޓު އޭނާ ގަނެފައިވަނީ 31 ކްރޯޑް އަށެވެ.
އަމީތާބު ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޗެހެރޭ" އަދި "ބްރަހްމަސްތްރާ" ދެ ފިލްމުންނެވެ. ލޮކްޑައުން ނިމުމާއެކު ޗެހެރޭ ރިލީޒްކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ވެސް އަމީތާބު ވަނީ "ގުޑް ބާއި" އަދި ދީޕިކާ އާއެކު ފެނިގެންދާ "އިންޓާން" ފިލްމުގެ ރިމޭކް ފިލްމަށް ސޮއިކޮށްފައެވެ.