ads
ޝިލްޕާ އަދި ސުނިލް ޝެޓީ
21 އަހަރު ފަހުން ޝިލްޕާއާއި ސުނިލް ޝެޓީ އެކީގައި "ދަޅުކަން" އަދިވެސް ހަމަ އެއިހުސާސް
ދެހާސް ވަނަ އަހަރު އުފެއްދި ބޮލީވުޑްގެ މަޝްހޫރު ލޯބީގެ ފިލްމް "ދަޅުކަން" އަކީ މިހާރުވެސް އެފިލުމެއް ތަކުރާރުކޮށް ބެލިޔަސް ފޫހިނުވާ ފަދަ ރީތި މޮޅު ސްޓޯރީއަކަށް ބިނާކޮށް ހަދާފައިވާ ބްލޮކް ބާސްޓަ ފިލުމެކެވެ.
Advertisement

އެ ފިލުމުން ފެނިގެންދިޔަ ކޮންމެ ކާސްޓެއްގެ އެކްޓިންއަކީ ވެސް ޓޮޕް ފެންވަރުގެ އެކްޓިންއެއްގެ ގޮތުގައި އާއްމުން ފާހަގަކުރާ ކާސްޓުންތަކެކެވެ. ހާއްސަކޮށް ފިލުމުގެ ބަތަލާ ޝިލްޕާ ޝެޓީ އަދި ބަތަލު ޝުނިލް ޝެޓީގެ އެކްޓިން އަދި ދެމީހުންގެ ހިސްޓްރީ ފެނިގެން ދިޔައީ އާދަޔާ ހިލާފު މޮޅު، ގުޅޭ ދެ މީހުންގެ ގޮތުގައެވެ. އަދިވެސް އެދެމީހުން އެކީގައި ފެނިލަން އެދޭ އެތައް ބައެއް ތިބިއިރު މިފަހުން މިވަނީ އެ ފުރުސަތު ފޭނުންނަށް ލިބިފައެވެ 

ދުވަސްތަކަކަށް ފަހު ސުޕާ ޑާންސް ޝޯގައި ޝިލްޕާ މިއަންނަ އާދިއްތަ ދުވަހު ފެނިގެން ދާއިރު އޭނާ އާއިއެކު ދަޅުކަންގައި ހަރަކާތްތެރިިވި ބަތަލު ސުނިލް ޝެޓީ ދަޅުކަންގެ ރީމޭކިންއެއް އެ ޝޯގެ ތެރެއިން ދައްކާލާނެއެވެ. ދަޅުކަންގެ ލަވަތަކުގެ ތެރެއިން އާއްމުންގެ އެންމެ މަގުބޫލުކަން ހޯދި ލަވަ "ތުންބީ މުޖުސެ ޕިޔާރު ކަރުލޯ" އެ ލަވަޔަށް މި ދެތަރިން ވަނީ އެކްޓުކޮށްފައެވެ. 

އެ ޝޯގެ ޓްރެއިލާ މިހާރު އާއްމުވެފައިވާއިރު، އެ ޝޯއިން ޝިލްޕާއާއި ސުނިލް ޝެޓީ އެހާ ދުވަސްކޮށްފައި ބަލާލަން ލިބުމުން ގައިން ހީބިހި ނަގާގެން ދިޔަ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އެ ޝޯ ބެލުމަށް ކެތް މަދުވެފައިވާ ކަމަށްވެސް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. 

އެ ޝޯގެ ޓްރެއިލާ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންދާއިރު ޓްރެއިލާއިން ފެންނަ އެދެ މީހުންގެ އެކްޓިން މިހާރުވެސް ހަމަ ތަފާތެއްނެތި އެ އިހުސާސްތައް ގެނުވައެވެ.  

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް