ads
ސިއްހީއެހީތެރިން : ވޮލެންޓިއާ ކުރުމަށް ގިނަބަޔަކު އެދިފައިވޭ
1000 އަށް ވުރެ ގިނަ މީހުން ވޮލިންޓިއަ ކުރަން ފޯމު ހުށަހަޅައިފި
ހެލްތް އެމަޖެންސީ އޮޕަރޭ ސެންޓަރު (އެޗްއީއޯސީ) ގައި ވޮލިންޓިއާ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް 1000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭ ސެންޓަރު އެޗްއީއޯސީ ގައި މަސައްކަތް ކުރާނެ ވޮލިންޓިއަރުން ހޯދުމަށް އެ ފަރާތުން ހުޅުވާލީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެޗްއީއޯސީ އިން މިރޭ ކުރި ޓުވީޓެއްގައި ވަނީ ވޮލިންޓިއަރުން ހޯދުމަށް ހުޅުވާލުމުން އެކަމަށް އިޖާބަދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މިހާތަނަށް ވޮލިންޓިއާކުރަން ބޭނުންވެގެން 1000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށާއި، އެހެންކަމުން ފޯމު ބަލައިގަތުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް އެޗްއީއޯސީ އިން ބުނެއެވެ.

ކޮވިޑް 19 ގެ ކޭސްތައް އިތުރުވުމުގެ ސަބަބުން ހުޅުމާލޭ މެޑިކަލް ފަސިލިޓީގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް ނުތަކާވަރަށް ބަލިމީހުން ވަނީ އިތުރުވެފައެވެ. އަދި ސިއްހީ ދާއިރާގައި އިންސާނީ ވަސީލަތް މަދުކަމަށް އެޗްއީއޯސީގެ ފަރާތުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ވަނީ ބުނެފައެވެ. މީގެ ސަބަބުން ބަލި މީހުންނަށް އަޅާލަންވާ ވަރަށް އަޅައި ނުލެވެއެވެ.

ގިނަ ބަޔަކު ވަނީ މީގެ ކުރިންވެސް ކޮވިޑު ބަލި ޖެހިފައިވާ މީހުންނަށް އެހީވުމަށް ވޮލިންޓިއާ ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް