ads
ހީނާ ހާން
ސީރީޒް ކުޅެން ފެށުމުން އާއިލާއިން ގުޅުން ކަނޑާލި: ހީނާ
ހީނާ ހާން ބެލުންތެރިންގެ ތެރެއަށް މަޝްހޫރުވެފައި ވަނީ އަކްޝަރާގެ ނަމުންނެވެ. އެއީ އޭނާ ޔޭރިޝްތާ ކިޔާ ކެހެލާތާހޭގައި ކުޅުނު ރޯލުންނެވެ.

ހީނާ ވަނީ އޭނާއަށް ޔޭރިޝްތާ ކިޔާ ކެހެލާތާހޭއިން އަކްޝަރާގެ ދައުރު ކުޅުމުގެ ފުރުސަތު ލިބުމުން އޭނާގެ އާއިލާއިން އެއްބާރުލުން ނުދިން ކަމަށް ބުނެފަ އެވެ.

އެގޮތުން އޭނާގެ ބައްޕަ އަދި ގާތްތިމާގެ މީހުން އޭނާއަށް ވަރަށް އެއްޗިހިކި ކަމަށް ހީނާ ބުނެ އެވެ. އަދި އޭނާއާ ވާހަކަދެއްކުން އެމީހުން ދުވަސް ކޮޅަކަށް ހުއްޓާލި ކަމަށް ވެސް ހީނާ ބުނެ އެވެ.

ނަމަވެސް އޭނާއަށް ބެލުންވެރިންގެ ފަރާތުން ލިބުނު ލޯބީގެ ސަބަބުން އައިލާ މީހުން އެންމެ ފަހުން އޭނާއަށް ވާހަކަ ދައްކަން ފެށި ކަމަށް ހީނާ ބުނެ އެވެ. އަދި މިހާރު އެމީހުން އޭނާ ކޮންމެ އެއްޗެއް ކުޅުނަސް އެއްޗެއް ނުބުނާ ކަމަށް ހިނާ ބުނެ އެވެ.

ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ. އެކަމަކު ބޮލީވުޑުގައި މަސައްކަތް ކުރަން އެ ޝޯ، އޭނާ ދޫކޮށްލިއިރު އޭނާގެ ފުރަތަމަ ފިލްމު، "ހެކްޑް" މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް