ads
ޑރ.ޝައިނީ
ސަރުކާރު ވެއްޓޭ "ކަޅުފޮށި" އޮތީ ޔޫ އެސް ގައި!
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑަށް ބައިވެރިވެފައިވަނީ މިހާރުގެ ސަރުކާރުގައި ތިބި ފަރާތްތަކުން ކަން ސާބިތުކޮށްދެވޭނެ އޯޑިއޯއާއި ޑޮކިޔުމެންޓްސް އޭނާ އަތުގައި އެބަ ހުރިކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބެލެވޭ އޯޑިއޯއެއްގައި އޭނާ ބުނެފައިވަނީ މިހާރު މިއޮތް އެމްޑީޕީ ސަރުކާރަށްވެސް އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލަން ނުކެރޭނެ ކަމަށެވެ. އެންމެ ގިނަ ހިޔާނާތުގެ ލާރި ލިބިފައިވަނީ މިހާރު ސަރުކާރުގައި ތިބި މީހުންނަށް ކަމަށާއި އެންމެން ޖަލަށް ލެވޭ ވަރުގެ އޯޑިއޯވެސް އެބަހުރި ކަމަށް ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީވެސް އެހެންވެ ކަމަށާއި، އަދި އަނބުރާ ރާއްޖެއަށް އައީ އެ ޑޮކިއުމެންޓްސް ތައް ޔޫ އެސް ގައި ބަހައްޓާފައި ކަމަށެވެ.

"އެހުރިހާ އެއްޗެއްގެ އޯޑިއޯ އެބަހުރި މަގޭއަތުގަ. އެހެންވެ މަ ފުރައިގެން ދިޔައީ. ގޮސް ޔޫ އެސްގައި އެ އެއްޗެހިތައް ބަހައްޓާފައި މިއައީ" ޝައިނީ

 ޝައިނީ އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަމަށް އާދެވުނީވެސް ޝައިނީއާ އެކު ހެދި ނެގޯސިއޭޝަނެއްގެ ދަށުން ކަމަށެވެ. މި ސަރުކާރު މިހާރު ވެރިކަމުގައި އޮތީވެސް ޝައިނީގެ ބާރުން ކަމަށް ބުނެ ޝައިނީ ވަނީ އޭނާއާ ކުޅެން ނޫޅުމަށް ބުނެ އިންޒާރު ދެއްވާފައެވެ.

"މަށަށް އިގޭ ހުރިހާ މީހުން ތިބި ހާލުވެސް، ދެން ކީއްކުރަން ވަކި މީހެއްގެ ވާހަކަ ދައްކަންވީ އެހެންވީމަ މަށާނުކުޅޭށޭ މަމިބުނަނީ، މަށާ ކުޅެފިއްޔާ މަވެސް ޖެހޭނީ.... މި ސަރުކާރު މިއޮތީ މަށާހެދިއޭ އަހަރެމެން އެއްޗެއް ނުބުނެ މިހެން މަޑުމަޑުން ތިއްބަކަސް. އިބޫއަށް ޕްރެޒިޑެންޓްކަން ލިބުނީވެސް މަށާ ހެދި. އަހަރެން އިބޫއާއެެކު ނެގޯސިއޭޝަން ހެދުމުގެ ތެރެން" ޝައިނީ

ގާތްގަނޑަކަށް 04:53 މިނިޓުގެ އެ އޯޑިއޯގައި ބައެއް ތަންތަންކޮޅު ކަނޑާފައި ހުރިކަންވެސް ފާހަގަކުރެވުނެއެވެ. އެހެންކަމުން ފަހުން ސަރުކާރާއި ބެހޭގޮތުން ދެކެވުނު ވާހަކަތަކުގެ ސީދާ ސާފު ތަފްސީލުތަކެއް އެއޯޑިއޯއަކުން ނޭގެއެވެ.

12%
ކަމުގޮސްފި
61%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް