އެމިރޭޓްސް އެއާލައިން އިން ރާއްޖެ އިން މެކްސިކޯ އަށް ދާން ހާއްސަ ފެއާ އެއް ތައާރަފް ކޮށްފިއެވެ.

Advertisement
އެމިރޭޓްސް އެއާލައިން އިން ރާއްޖެ އިން މެކްސިކޯ އަށް ދާން ހާއްސަ ފެއާ އެއް ތައާރަފް ކޮށްފިއެވެ.
އެ ފެއާގެ ދަށުން ރާއްޖެއިން މެކްސިކޯ އަށް ދާން އިކޮނޮމީ ކްލާހުގެ ދެ ކޮޅު ޓިކެޓު 2،438 ޑޮލަރު (37،594 ރުފިޔާ) އަށް ލިބޭނެއެވެ.
މިއަދުން ފެށިގެން ހަތަރެއް ނޮވެމްބަރުގެ ނިޔަލަށް އެ އަގުގައި ޓިކެޓް ލިބެން ހުރި އިރު އެ ފެއާގައި ޓިކެޓު ނަގާ މީހުންނަށް ދަތުރު ކުރުމުގެ ފުރުސަތު މި އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހުން ފެށިފެން އަންނަ އަހަރުގެ 31 އޮގަސްޓުގެ ނިޔަލަށް ލިބޭނެ އެވެ.
އަލަށް ތައާރަފްކުރި އެ ފެއާގައި މެކްސިކޯ ސިޓީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އެ އެއާލިންގެ ބޮއިން 200-777 އެލްއާރު ބޯޓުންނެވެ.
އެ ފެއާ އާއި އެކު އެމިރޭޓްސް އެއާލައިންގެ ބިޒްނަސް ކްލާހުން 5،274 ޑޮލަރު (81،325ރ.) އަށް މެކްސިކޯ ސިޓީ އަށް ދަތުރުކުރެވޭ ހާއްސަ ފެއާ އެއްވެސް ތައާރަފްކޮށްފައިވެއެވެ.