ads
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބާރު ހޯދި މާއްދާއެއް ބާތިލްކޮށްފި
ސުޕްރީމް ކޯޓަށް ހުށަހަަޅާ މައްސަލަތައް ބަލައިގަތުމުގައި ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ހަމަޖެއްސުމަށް ސުޕްރީމް ކޯޓުގެ އާ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.
Advertisement
ސުޕްރީމް ކޯޓަށް ހުށަހަަޅާ މައްސަލަތައް ބަލައިގަތުމުގައި ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ހަމަޖެއްސުމަށް ސުޕްރީމް ކޯޓުގެ އާ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާ މެދު ގޮތް ނިންމާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ކަނޑައެޅީ ކުރިން ތިއްބެވި ފަސް ފަނޑިޔާރުންގެ ދުވަސްވަރު އެވެ.

ސުޕްރީމް ކޯޓުގެ އާ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމި ނިންމުމުގައި ބުނެފައިވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ މައްސަލަތަކާ މެދު ގޮތެއް ނިންމާނީ ރަޖިސްޓްރާ ކަމަށް ކޯޓު ތަކުގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓަށް ހުށައެޅުމުގެ ހުއްދައަށް އެދޭ މައްސަލަތައް ބަލައި ގޮތެއް ކަނޑައަޅާނީ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ސުޕްރީމް ކޯޓުގެ ގަވައިދުގެ 57 ވަނަ މާއްދާގެ (ހ)އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވައިދުގެ ހަތަރުވަނަ މާއްދާގެ (އ)ގައި ބަޔާންކޮށްފައިވާތީ އެ ދެ މާއްދާ ބާތިލްކުރުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ފަނޑިޔާރު ކަމަށް ވަޑައިގެންނެވި ފަހުން ފަނޑިޔާރުންނަށް ލިބިފައި އޮތް ބާރެއް ދޫކޮށްލި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަސް ފަނޑިޔާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.

ޝަރުއީ ދާއިރާ އިސްލާހުކޮށް އިންސާފު ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;