ރާއްޖޭގެ 185 މީހުން ދިރިއުޅެމުން ދާއިރުގައި 74 ރަށަކަށް ވަނީ އަރާ ފޭބުން މަނާކޮށްފަ އެވެ. އެގޮތުން އެންމެ ގިނަ ދުވަސްވަންދެން މޮނީޓަރިންގެ ހާލަތުގައި އޮތީ ޅ ނައިފަރެވެ. އެއީ މާޗް މަހު 23 އިން ފެށިގެންނެވެ.
ނައިފަރުން 800 އަށް ވުރެ ގިނަ މީހުނަށް މިހާތަނަށް ކޮވިޑް ޖެހިފައި ވާއިރުގައި އެރަށުގެ ހާލަތު މަޑުމަޑުން ހަމަޔަކަށް އެޅެމުން އަންނަ ކަމަށް ނައިފަރު ހޮސްޕިޓަލުން ސީއެންއެމް އަށް މައުލޫމާތު ދިނެވެ.
އޭޕްރީލް މަހު މޮނީޓަރިން ގެ ހާލަތަށް ގެނެވިފައި ވަނީ 13 ރަށެކެވެ. އެއީ އދ. މާމިގިލި، ތ. ވޭމަންޑޫ، ތ. މަޑިފުށި، ބ. އޭދަފުށި، ކ. ހިންމަފުށި، ކ. މާފުށި، ލ. މާންދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، އއ. އުކުޅަސް، ކ. ތުލުސްދޫ، ލ. ދަނބިދޫ އަދި އއ. ރަސްދޫ އެވެ.
މިހާތަނަށް އެންމެ ގިނަ ރަށްތައް މޮނިޓަރިންގެ ހާލަތަށް ލާފައިވާ މަހަކީ މޭ މަހެވެ. މޭ މަހުގައި ވަނީ 60 ރަށަކަށް އަރާފޭބުން މަނާކޮށްފަ އެވެ.
އެއީ އައްޑޫ ސިޓީގެ ހުރިހާރަށެއްގެ އިތުރުން ހއ. ދިއްދޫ، ފ. ފީއަލި، އއ. ހިމަންދޫ، ކ. ގުރައިދޫ، ފ. ނިލަންދޫ، ލ. އިސްދޫ، އދ. ފެންފުށި، ލ. މާވަށް، ފުވައްމުލަކު ސިޓީ، ނ. ވެލިދޫ، ށ. ފުނަދޫ، ށ. ޅައިމަގު، ރ. ހުޅުދުއްފާރު، ގދ. ގައްދޫ، ބ. ތުޅާދޫ، ވ. ފުލިދޫ، އދ. މަހިބަދޫ، ރ. މަޑުއްވަރި، އއ. ފެރިދޫ، ކުޅުދުއްފުށި ސިޓީ، ށ. ކަނޑިތީމު، ށ. ގޮއިދޫ، ކ. ކާށިދޫ، ހދ. ކުޑަހުވަދޫ، ގއ. ދާންދޫ، ޅ. ހިންނަވަރު، ގއ. ގެމަނަފުށި، ދ.ބަޑިދޫ، ނ.ކެދިކުޅަދޫ، ތ.ގުރައިދޫ، ދ.ހުޅުދެލި އަދި ވ.ކެޔޮދޫ، ތ.ތިމަރަފުށި، ގއ.ވިލިންގިލި، ލ. ކަލައިދޫ، އއ.ބޮޑުފުޅަދޫ، ނ.މާޅެންދޫ، ދ.މާއެނބޫދޫ، ކ.ދިށްފުށި، ދ.ވާދޫ، ލ.މާމެންދޫ، ގދ.ވާދޫ، ބ.ދަރަވަންދޫ އަދި ހއ.މުރައިދޫ، ރ.އުނގޫފާރު، ކ.ގާފަރު، ލ.ލަންދޫ، ފ.ބިލައިދޫ، ޅ.އޮޅުވެލިފުށި، ށ.މިލަންދޫ، މ.މުލި، ތ.ހިރިލަންދޫ، ރ.ރަސްމާދޫ، ތ.ކިބިދޫ، މ.މުލަށް، ލ.ހިތަދޫ، ތ.ބުރުނި، ހދ،ނޭކުރަންދޫ، ރ.އަލިފުށި، އަދި އޮމަދޫ، އއ.ތޮއްޑޫ، ރ.ދުއާފަރު، މ.ވޭވަށް އަދި ކ.ހުރާ،، ނ.ވެލިދޫ، ބ.ކެންދޫ، ގދ.ފަރެސްމާތޮޑާ އަދި ރ. އުނގޫފާރެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލުމުން ފެނިގެންދާ މަންޒަރަކީ ކޮވިޑްގެ ވަކިތަކުގެ ތެރޭގައި ގިނަ ރައްޔިތުން މިއަދު ތިބި މަންޒަރެވެ.
މީގެ ކުރިންވެސް ޑޮކްޓަރުން އެކި ފަހަރުމަތިން، ކޭސްތައް ގިނަވާނަމަ ސިއްހީ އެހީތެރިންނާއި ވޮލަންޓިއަރުންނަށް ނުތަކާ ވަރުވެދާނެ ކަމަށް ބުނަމުން އައި އިރު، މިހާރު މިފެންނަނީ ޑޮކްޓަރުންގެ އެ ކަންބޮޑުވުން ހަގީގަތަކަށް ވާނެ ގޮތަކަށް މިސްރާބު ޖަހާފައިވާ ތަނެވެ.
އިއްޔެ 710 ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިފައިވާއިރު، މީގެ ތެރޭ އަތޮޅުތެރޭގެ 202 ކޭސްއެއް ހިމެނެއެވެ. އަދި މިއަދު ކޮވިޑް ބަލީގައި މަރުވި ހަތަރު މީހުންނާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 165 ގައެވެ.
މި އަދަދުތައް ކޮންޓްރޯލް ކުރުމަށް މިހާރު ސަރުކާރުންވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައި މޮނީޓަރިންގެ ހާލަތުގައިވާ ގިނަ ރަށްރަށާއި ސިޓީތަކުގައި އަންނަނީ ކާފިއު ހިންގަމުންނެވެ. އަތޮޅުތަކަށް މަންދޫބުންވެސް ވަނީ ކަނޑައަޅާފައެވެ.