ads
ޝުޖާއު އަދި މުއިއްޒު---
މިމަހުގެ 20 ގެ ކުރިން ޑެޕިއުޓީ މޭޔަރުން ހޮވަން އަންގައިފި
ޑެޕިއުޓީ މޭޔަރުން އައްޔަން ކުރުމާއި، ކައުންސިލުތަކުގެ ނައިބުން އައްޔަންކުރުން އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން އައްޔަންކުރަނީ ކައުންސިލަރުން އެއްތަނެއްގައި ތިބެގެން ނަގާ ސިއްރު ވޯޓަކުންނެވެ. ނަމަވެސް މި ފަހަރު ކޮވިޑް 19 ގެ ސަަބަބުން ކައުންސިލްތަކުގެ ހުވާކުރުން އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހުމުން ޑެޕިއުޓީ މޭޔަރުން ނެގުމާއި ނައިބު ރައީސުން އައްޔަންކުރުން ވަނީ ފަސްކޮށްފައެވެ.

މިކަމާ ގުޅޭގިތުން އެލްޖީއޭގެ ފަރާތުން އަބްދުﷲ ރަޝީދު ސީއެންއެމް އަށް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވެފައިވާނަމަ ނުވަތަ ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީނަށް ދާންޖެހިފައި ނެތް ފަރާތެއް ހުރިނަމަ ހޯމް ކަރަންޓީނު ވެގެން އެމީހެއްގެ ވަޒީފާ އަދާކުރަން ހަަމަޖެހިފައިވާ ރަށަށް ގޮސް ހޯމް ކަރަންޓީނު ހަމަކުރުމަށްފަހު އަންނަ ޖޫން މަހުގެ 20 ގެ ކުރިން ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން އައްޔަންކޮށް ނިންމުމަށް ރަށު އަދި ސިޓީ ކައުންސިލްތަކަށް މިހާރު އަންގާފައިވާ ކަމަށެވެ.

ނަމަވެސް ޕޮޒިޓިވް އަދި ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީނުގައި ފަރާތެއް ހުރިނަމަ އެކަން ނިމުނުހާ އެންމެހާ އަވަހަކަށް މޭޔަރުންނާއި ނައިބު ރައީސުން އައްޔަންކޮށް ނިންމުމަށް ކައުންސިލްތަކަށް އިރުޝާދު ދީފައިވާނެ ކަމަށްވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުން އިންތިހާބު ކުރެވޭނީ ކޮވިޑުގެ މި ހާލަތު ރަނގަޅުވެ ދަތުރުފަތުރުގެ ކަންކަން ހުޅުވާލެވުމުން ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން މާލެއިން އަތޮޅުތަކަށް ދަތުރުކުރުން ވަނީ މެދުކަނޑާލާފައެވެ.

މިއަހަރު އިންތިހާބު ކުރެވުނު ހަތަރުވަނަ ދައުރުގެ ކައުންސިލަރުން ހުވާކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން މޭލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކު އިންތިހާބުކުރުންވެސް ފަސްކޮށްފައިވާއިރު، އެ މަގާމަށް ޕީޕީއެމްގެ ފަރާތުން ކައުންސިލްގެ ތިން ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާހަަގަކުރައްވާފަވެ. އެއީ ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ އަދި މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް