ads
ކުޅުދުއްފުށީގައި އަލަށް ބިނާކުރި، ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ - ފޮޓޯ: ކުޅުދުއްފުށި ސިޓީކައުންސިލް.
ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ހުޅުވައިފި
މީގެ 37 އަހަރު ކުރިން ނޮވެމްބަރު 3، 1988 ގައި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ދިވެހިންގެ ބަޔަކު އިސްވެ، ސްރީ ލަންކާގެ ޓެރަރިސްޓުންގެ ޖަމާއަތެއްގެ ބަޔަކާ އެކު މާލެ އަރައި ދިން ހަމަލާގައި ޝަހީދުވި ގައުމީ ބަތަލު ހުސައިން އާދަމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް ހދ. ކުޅުދުއްފުށީގައި ހަނދާނީ ބިނާއެއް މިއަދު ހުޅުވައިފި އެވެ.
Advertisement

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ބިނާ ހުޅުވައިދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފާއި، ޝަހީދު ޙުސައިން އާދަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު އާދަމާއި އެ އާއިލާގެ ދެ ކުދިން ކަމަށްވާ އައިޝަތު ޔުމްނާ އަޙުމަދާއި ފާތިމަތު ނީމް އަބްދުއްރަޝީދެވެ.

މި ބިނާ ތަރައްގީކޮށްފައިވަނީ ކުޅުދުއްފުށީގެ އެންމެ މުހިންމު އެއް ސަރަހައްދުގައި ކަމަށްވާ ބަންޑާރަމައިދާނުގަ އެވެ.

މި ބިނާގައި ޝަހީދު ހުސެއިން އާދަމް ބާޣީންނަށް ރައްދު ދިނުމަށް ގެންގުޅުން އޭކޭ 47 ގެ ބަޑީގެ ހަތް ފޫޓު ދިގު ނަކަލެއް ބަހައްޓާފައިވެ އެވެ. އަދި ޝަހީދު ހުސެއިން އާދަމް ހުންނެވި ސަރަހައްދުގެ ފާރާއި އެތަނަށް އެރި ވަޒަންތަކުގެ ނިޝާން މި ބިނާއިން ފެނެ އެވެ.

މި ބިނާ ފަރުމާކޮށް ހެެދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ނުވަ ލައްކަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ ހަމަލާގައި ސިފައިންނާއި އާންމުންގެ ތެރެއިން ބައެއް މީހުން ޝަހީދުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް