ads
މެމްބަރު އަލީ ހުސައިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މީހަކާ ދިމާލަށް ލަދީނީ އޭ ބުނުމާއި، ކާފަރެކޭ ބުނުން ތަފާތު: އަލީ ހުސައިން
މީހަކާ ދިމާލަށް ލަދީނީ އޭ ބުނުމާއި، އެ މީހަކީ ކާފަރެކޭ ބުނުން އެއީ މުޅިން ތަފާތު ދެކަމެއް ކަމަށް މަޝްހޫރު ގަނޫނޫ ވަކީލު އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވީ އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އިސްލާމީ އަގީދާއާ ގުޅުވައި މުޖްތަމައުގައި މީހަކާ މެދު ނަފްތަރު އުފެއްދުންވެސް ކުށެއް ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީހަކާ ދިމާލަށް ލާދީނީ އޭ ބުނުމާ، މީހަކާ ދިމާލަށް ކާާފަރެކޭ ބުނުމާ އެއީ މުޅިން ތަފާތު ދެކަމެއް ކަމަށެވެ. އެކެމަށް މިސާލު ޖައްސަވައި އަލީ ހުސައިން ވިދާޅުވީ ހަމަ އެފަދައިން އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމާ، އެ މީހަކީ މުރުތައްދު ވެފައިވާ މީހެކޭ ބުނުންވެސް ތަފާތު ކަމަށެވެ.

އެހެންކަމުން އިސްލާމްދީނާއި ދެކޮޅު ކޮންމެ މީހަކީ އަދި ކާފަރަކަށް ނުވެ ހިނގައިދާނެކަން ފާހަގަކޮށް އަލީ ހުސައިން ވިދާޅުވީ އިސްލާމްދީނަށް މަލާމާތްކޮށް ހަޖޫޖަހާ ފުރައްސާރަ ކުރާ މީހަކާ ދިމާލަށް އެއީ އިސްލާމްދީނާއި ދެކޮޅު  މީހެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ވެގެންނުވާނެ ކަމަށެވެ.

މުސްލިމަކާ ދިމާއަށް، މުސްލިމެއްނޫނޭ ނުބުނެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަން ގިނަ ދީނީ އިލްމުވެރިންނެއްގެ ފާޑުކިޔިޔުންވެސް ވަނީ އަމާޒުވެފައެވެ. އެ ފަރާތްތަކުން ބުނާގޮތުގައި އެ ބިލަކީ ދީނަށް ހަޖޫ ޖަހާ މީހުންނަށް ގާނޫނީ ބާރުދިނުމަށް ކުރާ މަސައްކަތެކެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންވެސް ވަނީ ހިސާންގެ އެ ބިލާ ދެކޮޅަށް ތެދުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް