ސަޕޯޓަރެއްގެ ފަރާތުން ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާއަށް ހާއްސަ ހަދިޔާއެއް ލިބިއްޖެއެވެ.

Advertisement
ސަޕޯޓަރެއްގެ ފަރާތުން ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާއަށް ހާއްސަ ހަދިޔާއެއް ލިބިއްޖެ އެވެ.
އިންސްޓަގުރާމު މެދުވެރިކޮށް ޕްރިތީ އޭނާއަށް ލިބުނު ހަދިޔާގެ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު އޭނާއަށް ލިބިފައިވަނީ އޭނާގެ ސިފަ ކުރަހާފައިވާ ކުރެހުމެކެވެ. އެކުރެހުން ޕްރިތީއަށް ވަރަށް ކަމުގޮސްފައިވާއިރު އޭނާ ވަނީ އެކުރެހުން ކުރެހި މީހާއަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ޕްރިތީ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި 'ކަލް ހޯ ނަ ހޯ'، 'ކޮއި މިލް ގަޔާ'، 'ވީރް ޒާރާ'، އަދި 'ސޯލްޖާ' ފަދަ ފިލްމުތައް ހިމެނެއެވެ.
ޕްރިތީ އެންމެ ފަހުން ފެނިގެން ދިޔައީ "ބައްޔާޖީ ސުޕާހިޓް" އިންނެވެ. އެފިލްމު ނެރެފައިވަނީ މިދިޔަ އަހަރު އެވެ.
މިފިލްމަށް އެހާ ބޮޑު ތަރުހީބެއް ލިބިފައިނުވާއިރު ގިނަ ބަޔަކު މިހާރު ތިބީ ޕްރިތީ ދެން ފެނިގެންދާނެ ޕްރޮޖެކްޓެއްގެ އިންތިޒާރުގަ އެވެ.