ads
ގުޅީފަޅު ބްރިޖާ ގުޅޭ މައުލޫމާތު ދެނީ-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ/ޓްވީޓާ
ގްރޭޓަ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ދެ ހަފްތާ ތެރޭ ބަޔަކާ ހަވާލުކުރެވޭނެ: ރައީސް
މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ބަޔަކާ ހަވާލު ކުރެވޭވަރު ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯ؛ިހް ވިދާޅުވީ، ބްރިޖުގެ ޓެންޑާ ނިމި، އިވެލުއޭޝަން މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ. އަދި ލަފާކުރެވެނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބްރިޖު އިވެލުއޭޓުކޮށްވެސް ނިންމާ ލެވޭނެ ކަމަށް ކަމަށާއި، އެހެންކަމުން ބްރިޖްގެ މަސައްކަތް މިމަސް ނިމުމުގެ ކުރިން ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދު މިކުރަނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބްރިޖުގެ އިވެލުއޭޓުކޮށް ނިންމައި ވަކި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް. އެހެންވީމާ މި މަސް ނިމުމުގެ ކުރިން ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ވަކި ބަޔަކާ ހަވާލު ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ބްރިޖްގެ މަސައްކަތައް ލަސްތަކެއް ކުރިމަތިވީ ކޮވިޑް-19އިގެ ސަބަބުން އިންޑިއާގެ އެގްޒިމް ބޭންކުގެ ބައްދަލުވުންތައް ލަސްވެގެން ދިޔުމުން ކަމަށެވެ. 

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ބްރިޖްގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވަނީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވިދާޅުވެފައެވެ. 

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ލޯނަކީ 1.7 ޕަސެންޓްގެ އިންޓަރެސްޓާއެކު ފަސް އަހަރުގެ ގްރޮސް ޕީރިއަޑެއް ހިމެނޭ ގޮތަށް 20 އަހަރުން އަނބުރާ ދައްކަންޖެހޭ ލޯނެކެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. 

ފޮރިން މިނިސްޓްރީން ބުނެފައިވަނީ، އެ މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އިގްތިސޯދަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއުއަކަށް ކަމަށާއި އެގޮތުން އިންޑިއާ ސަރުކާރުންދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް