ads
ފޮޓޯ: އިންސްޓަ
ލަމްގެ ބޭބީ ބަންޕް ފެންނަ ލޯބި ފޮޓޯތަކެއް
މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މޯލްޑިވިއަން އައިޑަލް ސީޒަން-2ގެ ހޯސްޓް ލަމްހާ ލަތީފް ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން ހާމަކޮށްފަައިވަނީ މިދިޔަ މޭމަހުގެ 28ވަނަ ދުވަހުއެވެ.

ބަނޑުބޮޑު ފޮޓޯއަކާއި އަލްޓްރާ ސައުންޑް ސްކޭނެއްތަކެއްގެ ފޮޓޯ ހިއްސާ ކުރަމުން އިންސްޓާގައި ލަމް ބުނެފައި ވަނީ އޭނާ އާއި އޭނާގެ ފިރިމީހާއަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާނު ކުރާ ކަމަށެވެ.

އުފަން ނުވާ ދަރިފުޅު ދެކެ މިހާރުވެސް ވަަރަށް ލޯބިވާ ކަމަށާއި އަބަދުވެސް ލޯބިވާނޭ ކަމަށް ލަމް ބުނެފައި ވެއެވެ.

އިންސްޓަގްރާމުގައި އަބަދުވެސް އެކްޓިވް ލަމް ދުވަސްކޮޅަކަށް އިންސްޓާއާއި ދުރަށް ޖެހިލި ސަބަބަކީވެސް ބަނޑުބޮޑުވިކަން އެނގުމުންކަމަށް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް އޭނާގެ ފޭނުންނާ އެކު ކުރިއަށް އޮތް ދުވަސްތައް ހިއްސާކުރުމަށް ކެތްމަދުވެފައިވާކަން ހާމަކުރަމުން ލަމްދަނީ އޭނާ މަންމަ އަކަށް ވުމަށް ކުރާ ދަތުރުގެ ފޮޓޯތައް ފޭނުންނާއި ހިއްސާކުރަމުންނެވެ. 

މިހާރު ވިހަން އެންމެ ތިން މަހަށް ވެފައިވާ ލަމް އޭނާގެ ފިރިމީހާ މުއާ އާއިއެކު ނަގާފައިވާ ފޮޓޯތަކެއްވެސް ލަމް ވަނީ މިފަހުން އާއްމުކޮށްފައެވެ. ހުދު ހެދުމުގައި ހުރި އެ ފޮޓޯތައް ވަރަށްވެސް ޗާލެވެ.

your imageފޮޓޯ: އިންސްޓަ

ލަމް ކައިވެނިކޮށްފައިވަނީ ގިނަދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަހްމަދު މުއާޒް ( ކުޑަމުއާ)އާ 2017 ވަނަ އަހަރުގަ އެވެ.

ލަމްއާ ކުޑަމުއާ ކައިވެނި ކުރި އިރު ލަމްވަނީ އޭނާގެ ހަޔާތުގެ ބައިވެރިޔާއާ އެކު މީގެ ކުރިން ލަވައެއްވެސް ކިޔައިފައެވެ. ދި ޕްލަސް އިން ގެނެސްދިން " އެންމެ ރީތި" ޝޯގައި މި ދެ ފަންނާނުންވަނީ އެކުގައި ލަވައެއް ކިޔާފައެވެ.

ލަމް އެންމެ ފުރަތަމަ ލަވަ ކިޔުމުގެ ތެރެއަށްވަނީ ސްކޫލު ކުދިންގެ ލަވަަ މުބާރާތުގެ ތެރެއިންނެވެ. އެއަށްފަހު އޭނާ މަޝްހޫރު ވެގެންދިޔައީ ޓީވީއެމް އިން ގެނެސްދިން " އެހަނދާނުގައި" ޝޯގެ ތެރެއިންނެވެ.

ޒުވާން ލަވަ ކިޔުންތެރިއާ ލަވަކިޔުމުގެ ރޮނގުން ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހު ދެން އޭނާ ގިނަ ބަޔަކު ސިއްސުވާލީ ރާއްޖޭގެ ހަމައެކަނި ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑަލް"ގެ ހޯސްޓެއްގެ ގޮތުން ޖާގަ ހޯދުމާ އެކުއެވެ. ގިނަ އަންހެން ޕްރެޒަންޓަރުން ފަހަތަށް ޖައްސާލުމަށްފަހު ލަމް މޯލްޑިވިއަން އައިޑަލްއިން ޖާގަ ހޯދިއިރު އޭނާ ވަނީ އެ ޝޯ ވަރަށް ފުރިހަމައަށް ހުށައަޅައިދީ ގިނަ ބައެއްގެ ތައުރީފް ހޯދައިފައެވެ.

84%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް