ads
މޯލްޑިވް ގޭސް
މޯލްޑިވް ގޭސް ޔޫރޯ ޗެލެންޖުގައި ބައިވެރިވެެގެން ކޮންމެ ދުވަހަކު އަގުހުރި އިނާމްތަކެއް
ޔޫރޯ 2020 އާ ގުޅިގެން މޯލްޑިވް ގޭސް އިން ކުރިއަށް ގެންދާ ޗެލެންޖުގައި ބައިވެރިވެގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވް ގޭސް އިން ބުނީ މި ޗެލެންޖަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. 

ޔޫރޯ އާ ދިމާކޮށް އެކުންފުނިން ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮމޯޝަންގައި މައިގަނޑު ދެ މުބާރާތެއް ކުރިއަށް ދާނެއެވެ.

އެގޮތުން ފުރަތަމަ މުބާރާތަކީ "ޕްރެޑިކްޓް އެންޑް ވިން" ގެ ނަމުގައި ކުރިއަށް ގެންދާ ޔޫރޯ މެޗުތަކުގެ ސްކޯ ދިމާކުރުމުގެ މުބާރާތެއް ކަމަށް އެކުންފުނިން ބުނެއެވެ. މި މުބާރާތުގައި ކޮންމެ ދުވަހެއްގެ މެޗުގައި ވެސް ސްކޯ ދިމާކުރައްވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ލުއި ފުޅިއެއް ލިބިގެންދާނެއެވެ. އަދި ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި އައިފޯނު 12 ޕްރޯ މެކްސް އެއް ލިބޭނެއެވެ.

ދެވަނަ މުބާރާތަކީ އެ ކުންފުނީގެ ފޭސްބުކު ޕޭޖަށް ކޮންމެ ދުވަހަކު އަޕްލޯޑު ކުރެވޭ ފޮޓޯގައިވާ ފުޓުބޯޅަ ކުޅުންތެރިޔާ ދިމާކޮށްގެން ހަދިޔާ ލިބޭ މުބާރާތެކެވެ. 

މި މުބާރާތުގައި ގްރޭންޑް ޕްރައިޒްއެއްގެ ގޮތުން 65 އިންޗީގެ ޓީވީއެއް ލިބޭނެއެވެ. އަދި ކޮންމެ ދުވަހަކު ރަނގަޅު ނަތީޖާ ދިމާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ވެސް ލުއި ފުޅިއެއް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ގްރޭންޑް ޕްރައިޒް ދެވޭނީ މުބާރާތް ނިމޭއިރު އެންމެ ގިނައިން ރަނގަޅު ޖަވާބު ދިމާކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތްތަކަށެވެ.

މޯލްޑިވްސް ގޭސް ޔޫރޯ ޗެލެންޖު ކުރިއަށްދާނީ 11 ޖޫން އިން 12 ޖުލައިގެ ނިޔަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް