ads
އަލީ ނުވާޝް
ބޮޑުބެރާއި ފޮޓޯގްރަފީގެ ހުނަރުވެރިޔާ
ފޮޓޯ ނެގުމާ ފޮޓޯ ސޯޝަލް މީޑިއާ ގައި އަޕްލޯޑް ކުރުމަަކީ ގިނަ ބަޔަކު ކުރާ ހިތުން ކުރާ ކަމެކެވެ. ނަމަވެސް ފޮޓޯ ނެގުމަަކީވެސް ވަކި ހާއްސަ ހުނަރެކެވެ.

އެގޮތުން ރާއްޖޭގައި ވެސް މޮޅެތި އެތައް ފޮޓޯގޮރާފަރުން ތިބޭކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. އެހެންކަމުން އަލީ ނުވާސް އަކީ ވެސް ހަމަ އެހާމެ މޮޅު ފޮޓޯގްރާފަރެކެވެ. ބެރުޖެހުން ތެރިޔެކެވެ.

your imageނުވާޝް ބެރުޖަހާ މަންޒަރެއް

ހއ.ކެލާއަށް އުފަން އުމުރުން އެންމެ 18 އަހަރުގެ އަލީ ނުވާޝްއަކީ މިވަގުތު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ގުރޭޑް 12 ގައި ތަޢުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރެކެވެ. ފޮޓޯނެގުމަށް ލޯބިކުރާ އަދި އުނގެނުމަށް ވެސް ވަރަށް ޝައުގުވެރިކަން ހުންނަ ނުވާޝްއަކީ ޓީޗަރުންގެ ލޯބި އިންތިހާއަށް ލިބެމުންދާ އަޙުލާޤު ރަނގަޅު ދަރިވަރެކެވެ. އަދި އެހާމެ ރަނގަޅު ރަހުމަތްތެރިއެކެވެ.

ނުވާޝް ފޮޓޯގްރަފީގެ މަސައްކަތް ކުރަމުން އައްނަނީ ވަރަށް ރާވާލައިންނެވެ. ކިޔެވުމުގެ ކަންކަމަށް އެއްވެސް ކަހަލަ ބުރުލެއް ނަރާނެހެން ވަރަށް ވިސްނައިގެންނެވެ. އެގޮތުން އެންމެ އިސްކަމެއް އަބަދުވެސް ދެމުން އަންނަނީ ކިޔެވުމުގެ ކަންތައްތަކަށް ކަމަށާއި، ކިޔެވުމަށް ވަގުތުނުދީ ފޮޓޯގްރަފީގެ އެއްވެސް ކަމެއްގައި ވަގުތު ހޭދަނުކުރާ ކަމުގައި ނުވާޝް ބުނެއެވެ. 

"ފުރަތަމަ އިސްކަންދެނީ ސްކޫލްގެ ކަންކަމަށް. އާންމުކޮށް ޝޫޓްސްތައް އޮންނަނީ ހަވީރު ނޫނީ ރޭގަނޑު. ދެން ހެނދުނު ސްކޫލަށް ގޮއްސަ މެންދުރު ނިމޭތީވެ ހަވީރާ ރޭގަނޑާ ހުސްކޮށް ލިބޭ ޝޫޓްސްތަކަށް. ދެން ޝޫޓެއް އޮތިއްޔާ އޭގެ އެއްދުވަސް ކުރިން ބެޓަރިއާ އެއްޗެހި ޗާޖް ކޮށް ރެޑީކޮށްފަ ބަހަށްޓަނީ. ދެން ޝޫޓް ނިންމާފަ ގެއަށް އައިއްސަ އަނެއްކާވެސް ކިޔެވުމުގެ ކަންކަމާގެން އުޅެލާފަ ޝޫޓްސްތަކުގެ ފޮޓޯތައް އެޑިޓް ކުރުމުގެ ކަންކަމުގަ އުޅެނީ"

ނުވާޝް ބުނެފައިވެއެވެ.

your imageނުވާޝް ނަގާފައިވާ ޕޮޓޯއެއް

ނުވާޝް މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ކުޑައިރު މާލެ އައިސް އާއިލާއާއި އެކު ޕާކަށް ގޮސް އުޅޭއިރު އެތަނުގައި ފޮޓޯ ނަގާ މީހުން ކެމެރާ ހިފައިގެން ހަރަކާތްތެރިވަމުން އަންނަ މަންޒަރު ފެންނަން ފެށުމުންނެވެ. ކުޑައިރު އެއުފެދުނު ޝަޢުޤާއިއެކު ހޮބީއެއްގެ ގޮތުގައި ކުރަމުން އައިސް މިހާރު ނުވާޝް އަންނަނީ ރާއްޖޭގެ ނަން މަޝްހޫރު ފޮޓޯގްރާފަރުންނާއި އެކުވެސް މި މަސައްކަތް ހީވާގި ކަމާއެކު ކުރަމުންނެވެ.

your imageނުވާޝް ނަގާފައިވާ ފޮޓޯއެއް 

ނުވާޝް މި މަސައްކަތުގައި ތިން އަހަރު ހޭދަކޮށްފައިވާއިރު، އޭނާ ވަނީ ކުރި އެރުން ތަކެއް ހާސިލްކޮށްފައެވެ. އޭނާ އެންމެ ފަހަގަ ކުރާ ކުރިއެރުމަކީ ރަށުގައި އަދި މާލޭގައި ހިނގާ ބައެއް ބޮޑެތި އިވެންޓްތައް ކަވަރު ކުރުމުގެ ފުރުސަތު ލިބިގެންދާދިއުމެވެ. އަދި މި ދާއިރާގައި ރާއްޖޭގެ އެންމެ މަތީފަންތީގައި މަސައްކަތް ކުރަމުން އަންނަ ފޮޓޯގްރާފަރުންނާއިއެކު މަސައްކަތްކޮށް އެމީހުންނާ އެއް ހަމައެއްގައި ފައިހަމަކުރުމުގެ ފަހި ފުރުސަތު ލިބުމެވެ. ހަމައެއާއެކު އެކިއެކި ފަރާތްތަކުން ލިބެމުން އަންނަ ޕޮޒިޓިވް ކޮމެންޓް ތަކަކީ، މި ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ލިބިގެންދާ ހިތްވަރެއްގެ ގޮތުގައި ނުވާސް  ސިފަ ކޮށްފައިވެއެވެ.

މި ދާއިރާއިން ކުރިއަށް ދިއުމުގައި ނުވާޝްއަށް އެންމެ ބޮޑު އެއްބާރު ލެއްވުމެއް ލިބެނީ އޭނާގެ އާއިލާގެ ފަރާތުންނެވެ. މީގެ އިތުން ރާއްޖޭގެ ފޮޓޯގްރާފީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ލިބެމުންއަންނަ އެހީތެރިކަން އޭނާ ވަކިން ހާއްސަ ކޮށް ފާހަގަ ކުރެއެވެ. މިއީ އޭނާ މިދާއިރާގައި ހުރުމުގެ ބާރުކަމަށް އޭނާ ބުނެފައި ވެއެވެ.

your imageނުވާޝް ނަގާފައިވާ ފޮޓޯއެއް

ނުވާޝްވަނީ އެތައް ޝޫޓްތަކެއް ވަރަށް ފުރިހަމަ ކަމާއިއެކު ނިންމާލާފައެވެ. އެގޮތުން އިންޑޯ އަދި އައުޓްޑޯ ވެޑިންގް ޝޫޓްސްތަކާއި މެޓާނިޓީ ޝޫޓްސްތަކާއި، ނިއު ބޯން ޝޫޓްސްތަކާއި ފެމިލީ އައުޓްޑޯ ޝޫޓްސްތަކާއި، ބާތްޑޭ ޝޫޓްސްތައް މީގެތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ބައެއް މީޓިން ތަކާއި ބައެއް ހަފްލާތަކުގައި ވެސް ނުވާޝް ހަރަކާތް ތެރިވެއެވެ.

ނުވާޝް އުފަން ރަށް ކަމަށްވާ ހއ.ކެލާގައި ހިނގާ އެތައް ކަންކަމެއްގައި އޭނާ ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން ޢީދުގައި ބޭއްވޭ އިވެންޓްތައް ކަވަރު ކުރުމުގައި އޭނަގެ ދައުރު ވަރަށް ބޮޑެވެ. އަދި ނުވާޝް އަށް "ޒީރޯ ޕްލާސްޓިކް ރަން" ކަވަރު ކުރުމުގެ ފުރުސަތު ވެސް ލިބިގެން ގޮސްފައެވެ. މިހާރު އޭނާ ދަނީ 1438 ބޮޑުބެރު ގުރޫޕްގެ ފޮޓޯގްރާފަރު ގެ މަގާމް ފުރަމުންނެވެ. އަދި އެފުރުސަތު އޭނާއަށް ފަހިކޮއްދިން ކަމަށްޓަކާ މާއު އަދި 1438 ޓީމްއަށް ޝުކުރު އަދާ ކުރާކަމަށް އޭނާގެ ވާހަކާ ގައި ބުނެފައި ވެއެވެ.

your imageނުވާޝް ނަގާފައިވާ ފޮޓޯއެއް

މި ދާއިރާއިން ކުރިއަށް ދިއުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭމަށް ނުވާޝް ފާހަގަ ކޮށްފައިވެއެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ފާހަގަ ކޮށްފައިވަނީ ރާއްޖޭގެ ބައެއް ފަރާތްތަކުން ގިނަ ފޮޓޯގްރާފަރުން ކުރަމުންދާ ބުރަ މަސައްކަތް ބަލައިނުގަންނަ ކަމެވެ. އެފަދަ މީހުންނަށް ހީވެފައިވަނީ ފޮޓޯގްރާފަރުންގެ މަސައްކަތަކީ ހަމައެކަނި ފޮޓޯއެއް ނަގާލުން އެކަނިކަމަށެވެ. އަދި މި ދާއިރާގައި ދިވެހިރާއްޖޭގައި މާ ބޮޑެތި ފުރުޞަތުތަކެއް ނެތުން އެއީ މިކަމުގައި ކުރިއަށް ދިޔުމަށް ގިނަ ފޮޓޯގްރާފަރުންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމުގެ ގޮތުގައި ނުވާސް ފާހަގަ ކޮށްފައިވެއެވެ. 

މިހާރު ރާއްޖޭގެ ކޮވިޑްގެ ހާލަތާއި ގުޅިގެން އޭނާވަނީ ފޮޓޯ ޝޫޓްތަކަށް ދިޔުން ވަގުތީ ގޮތުން މެދު ކަނޑާލާފަ އެވެ. ނަމަވެސް ނުވާޝްްގެ ހުނަރުވެރި މަސައްކަތް އޭނާގެ އިންސްޓާގްރާމްަ އަދި ފޭސްބުކް ޕޭޖް ނުވާޝްް ފޮޓޯސް އިން ބަލާލެވޭނެއެވެ.

your imageނުވާޝް ނަގާފައިވާ ފޮޓޯއެއް

ފޮޓޯނެގުމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވެފައި ހުރި ކުދިންނަށް ނުވާޝް ދޭން ބޭނުންވާ މެސެޖަކީ

" ކޮންމެ ކަމެއް ކުރިޔަސް ގިވްއަޕް ނުކުރަށްޗޭ. ހިއްވަރާއެކު އެމީހެއް ހާސިލް ކުރަން ބޭނުންވާ ޓާރގެޓަށް ދެވޭތޯ މަސައްކަތް ކުރައްޗޭ. ދެން ނެގެޓިވް ކޮމެންޓްސް އަޔަސް އެކަމާ އެހާ ބޮޑަށް އަޅާނުލާ ކޮންމެ ކަމެއްވެސް ޕޮޒިޓިވްކޮށް ނަގައިގެން މަސައްކަތް ކުރާށޭ ބުނާނީ."

އަޅުގަނޑުގެ ދުޢާ އަކީ މާތް ﷲ ނުވާޝްގެ މަސައްކަތުގައި ބަރަކާތް ލައްވާ، އޭނާގެ ހުނަރުތަށް އިތުރަށް ފުރިހަމަވެ، އިތުރު ގިނަ ކާމިޔާބީތަށް މާތް ﷲ މިންވަރު ކުރެއްވުމެވެ

94%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް