ads
ކޮކާ ކޮލާ އަކީވެސް ސިއްހަތަށް ގެއްލުން ހުރި ބުއިމެއް
ސިއްހަތަށް ނުރައްކާވާ ވަރަށް ކޮކާ ކޮލާގައި ހަކުރު ހުރޭ
ހަކުރު ގިނަ ބުއިން ހަކުރުން ފޮނިކޮށްފަ ހުންނަ ބުއިން ނުވަތަ "ސޮފްޓް ޑްރިންކް" ތަކަކީ ސިއްހަތަށް އެތައް ނޭދެވޭ އަސަރުތަކެއް ކުރާ ނުރައްކާތެރި ބުއިންތަކެކެވެ.
Advertisement

ކޮކާ ކޮލާ، ލެމޮނޭޑް، ފުރުޓް ޕަންޗް، ސޯޑާ އަދި ސްޕޯޓް އެނާޖީ ޑްރިންކް ތަކަކީވެސް އޭގައި ނުރައްކާ މިންވަރަކަށް ހަކުރު ހުންނަ ބުއިންތަކެކެވެ.

ހަވާޑް ޔުނިވާސިޓީން ހެދި ދިރާސާއަކު ދައްކާގޮތުގައި މި ކެޓަގަރީގެ ބުއިންތަކަކީ އެމެރިކާ މީހުން ބޭނުން ކުރާ ބުއިންތަކުގެ ތެރެއިން އެންމެ ގިނަ އިންސައްތަކަށް އޭގައި ކެލަރީސް އާއި ހަކުރު އެކުލެވިގެންވާ ބުއިންތަކެވެ.  އަދި ދުނިޔޭގެ ކުރިއަރަމުންދާ ގައުމުތަކުގައިވެސް ހަމަ އެފަދައިން ހަކުރު ގިނަ ބުއިންތައް ބޭނުން ކުރާ މިންވަރު އާދަޔާ ހިލާފަށް އިތުރު ވަމުން އަންނަ ކަމަށް ވެސް އެ ޔުނިވާސިޓީން ބުނެއެވެ. މި ބުއިންތައް އިތުރު ވަމުން އަންނަނީ އެގައުމު ތަކުގައި އެތަކެތި މާކެޓްކުރުމަށް ވެސް އެހާ ބޮޑު ހަރަދު ކުރަމުން ދާތީއެވެ.

ސޮފްޓް ޑްރިންކްތަކާއި އެއްވަރަށް އެނާޖީ ޑްރިންކް ތަކުގައިވެސް ހަކުރު އެކުލެވިގެން ވެއެވެ. 

މި ބުއިންތައް ކިހާވަރަކަށް ފޮނިކޮށްފައި ހުރޭ؟

އެންމެ ސައިސަމްސަލެއްގައި 4.2ގ ހުރެއެވެ. ދެން 7 ނޫނީ 10 ސައިސަމްސާ ހަކުރު 354.88 މިލިލީޓަރު ފެން ތައްޓަކަށް އަޅާލީމާ ވާނެ ގޮތް ވިސްނާލާށެވެ. ޝޮކެއް ލިބުނަސް މިއީ ކޯކް ކުޑަ ފުޅިއެއްގައި ހަކުރު ހުންނަ މިންވަރެވެ. މިހާރު ތި ކޮންމެ ދުވަހަކު ބޭނުންކުރާ ސޮފްޓް ޑްރިންކްގައި ހަކުރު ހުންނަ މިންވަރު ސާފުވާނެއެވެ.

މަޝްހޫރު ގިނަ ސޮފްޓް ޑްރިންކްތަކުގައި ބްލަޑް ޕްރެޝަރު މައްޗަށް ދާ ވަރަށް ކެފެއިންވެސް އަދި އެހެން މާއްދާތައްވެސް އެކުލެވިގެންވެއެވެ. އޭގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ލިބޭ ސިއްހީ ގެއްލުން އަދި ނޭނގެއެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ ވަގުތުން އެނާޖީ ޑްރިންކް ބުއިން ހުއްޓާލުމެވެ. ސްޕޯޓްސް ޑްރިންކްތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. ސްޕޯޓްސް ޑްރިންކްތައް ޑިޒައިންކޮށްފައި ހުންނަނީ ކާބޯހައިޑްރޭޓްސް، އިލެކްޓްރޮލައިޓްސް އަދި ފުލުއިޑްތަކުގެ އިތުރުންވެސް އެތުލީޓުންނަށް ބޭނުންވާ މާއްދާތައް އެކުލެވިގެންވާ ގޮތަށެވެ. ބުރަ ވޯކްއައުޓެއް ކުރުމުން އެއްގަޑިއިރު އޭގެ އަސަރު ހުރެއެވެ. ނަމަވެސް އެހެން މީހުންނަށް މިއީ ހަކުރު އަދި ކެލަރީސްއަށް އިތުރު ދޮރެކެވެ.

ބުއިންތަކުގެ ތެރެއިން 100 އިންސައްތަ ޖޫސްތަކަކީ ވެސް އޭގައި ގުދުރަތީ ގޮތުން ހަކުރު ގިނަ ބުއިންތަކެވެ. ނަމަވެސް އޭގައި ފައިދާ ހުރި ވިޓަމިންސް އާއި މިނަރަލްސްގެ އިތުރުން ފައިޓޮކެމިކަލްސް ފަދަ ނިއުޓްރިއެންޓްސް ހުރެއެވެ.

ހަކުރު ހުންނަ ބުއިންތަކާއި ސިއްހަތު 

ސިއްހަތަށް ފައިދާ ހުރި ބުއިންތަކަށް ބަލާއިރު ސޮފްޓް ޑްރިންކްތައް އަންނަނީ ލިސްޓުގެ އެންމެ ފުލަށެވެ. އެއީ އޭގައި އެހާ ބައިވަރު ކެލަރީސް ހުރެފައި،  ނިއުޓްރިއެންޓްސް ނުހުންނާތީއެވެ. ހަކުރު ގިނައިން އެކުލެވޭ ބުއިންތައް ބޯ މީހުންނަށް، ކާތެކެތިން ހަމަ އެވަރަށް ކެލަރީސް ކެޔަސް ފުރޭ ކަހަލަ އިހްސާސެއް ނުކުރެވެއެވެ. ދިރާސާއިން ދައްކާ ގޮތުގައި މަދުން ކައިގެން ވެސް ސޮފްޓް ޑްރިންކްސް ބޭނުން ކުރާ މީހުންނަށް ކެލަރީސް ބޭނުންކުރާ މިންވަރު އެކަށީގެންވާ ވަރަށް މަދެއް ނުކުރެވެއެވެ. އާއްމުކޮށް ބޯ ސޮފްޓް ޑްރިންކްތަކުގައި 150 ކެލަރީސް ހުރެއެވެ. އަދި އެހުރިހާ އެއްޗެއްގައި ހަކުރު އަޅާފައި ހުރެއެވެ. 

ދުވާލަކު އެއް ސޮފްޓް ޑްރިންކް އަހަރެއް ވަންދެން ބޯނަމަ، އަދި އެ ކަލަރީސް މަދު ކުރާން މަސައްކަތެއް ނުކުރާނަމަ ކޮންމެ އަހަރަކު 3 ކިލޯ މީހާ ބަރުވެއެވެ. ބަރުދަނުގެ އިތުރުން އާއްމުކޮށް އެކަހަލަ ހަކުރު ހުންނަ ބުއިންތައް ބޮއި އުޅޭނަމަ މީހާއަށް ޓައިޕް 2 ޑައިބެޓީސްގެ ބިރު އޮވެއެވެ. އަދި ހިތުގެ ބަލިތަކާއި ދިގު މުއްދަތަށް ފަރުވާދޭން ޖެހޭ ބަލިތައް ޖެހުމުގެ ފުރުސަތު އޮވެއެވެ. 

އަދި އާދަޔާ ހިލާފަށް ހަކުރު ހުންނަ ބުއިންތައް ބޭނުންކުރާ ނަމަ ޒުވާން އުމުރުގައި މަރުވުމުގެ ފުރުސަތު އޮތް ކަމަށްވެސް ހަވާޑްގެ ދިރާސާގައި ބުނެފައިވެއެވެ.

 މަސްދަރު: އެޗްއެސްޕީ.ހަވާޑް.އެޑު/ނިއުޓްރިޝަންސޯސް/ހެލްތީ-ޑްރިންކްސް/ޝުގަރީ-ޑްރިންކްސް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް