ads
އެކްޓަރ ޕާކް ސިއޮ ޖޫން މާވެލް ފިލްމަކުން ފެންނަނީ؟
ޕާކް ސިއޮ ޖޫންމާވެލް ގެ ފިލްމަކުން ފެނިގެންދަނީ؟
މާވެލްސް ގެ މަޝްހޫރު ފިލްމު ކެޕްޓަން މާވެލްސް ގެ ސީކުއަލް "ދި މާވެލެސް" ގައި ކޮރެޔާ ގެ މަޝްހޫރު އެކްޓަރު ޕާކް ސިއޮ ޖޫން ފެނިގެން ހިނގައިދާނެ ކަމަށް އިންޑަސްޓަރީ ރިޕްރެޒެންޓޭޓިވް އިން ބުނެފިއެވެ.

އިންޑަސްޓްރީ ރިޕްރެޒެންޓޭޓިވް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ "ދި މާވެލެސް" ގެ ސޫޓިން އަށް ޕާކް ސިއޮ ޖޫން އެމެރިކާއަށް ފުރާނީ  އޭނާ މިހާރު މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓް "ކޮންކްރީޓް އުޑީޕިއާ" ނިންމާލުމަށް ފަހު މިއަހަރުގެ ފަހު ކޮޅުކަމަށެވެ. 

މިކަމާއި ބެހޭ ގޮތުން ޕާކް ސިއޮ ޖޫން ގެ އެޖެންސީ އޯސަމް އެންޓަޓެއިންމެންޓުން އެއްޗެކޭ ބުނެފައިނުވެއެވެ. 

ނިއާ ދަ ކޯސްޓުން ޑައިރެކްޓުކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރީ ލާސަން، ތެޔޮނާ ޕެރިސް، އިމާން ވެލާނީ ވެއެވެ. 

މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު ނޮވެމްބަރު 11 ވަނަދުވަހުއެވެ. 

މި ފިލްމުގައި  ޕާކް ސިއޮ ޖޫން މަސައްކަތް ކުރުންވެގެން ދާނީ އޭނާގެ ފޭނުން ވަރަށް ބޭނުންވާނެ ކަމަަކަށެވެ. 

35 އަހަރުގެ  ޕާކް ސިއޮ ޖޫން މި ފިލްމުން ފެނިގެން ގޮސްފިނަމަ އޭނާ ވެގެން ދާނީ މާވެލް ފިލްމަކުން ފެނިގެންދާނެ ދެވަނަ ދެކުނު ކޮރެޔާ ގެ 2 ވަނަ އެކްޓަރަށެވެ. 

ސިއޮ ޖޫން ކުޅެފައިވާ މަސްހޫރު ޑުރާމާތަކުގެ ތެރެއިން ''ހުވަރަންގް''، ''ފައިޓް ފޮރ މައި ވޭ'' ''ކިލް މީ ހީލް މީ''، އިތައެވުން ކުލާސް'' ފަދަ ޑުރާމާތައް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް