ads
1000ހައުސިން ޔުނިޓްތައް ހިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު އަސްލަމް
އެފޯޑަބަލް ހައުސިން ޔުނިޓްގެ އަގުތައް 8،000 އާއި 13،000 ރުފިޔާގައި
ސަރުކާރުން ހުޅުމާލެ ފޭސް1 އަދި ފޭސް2ގައި ތަރައްގީކުރާ 1،000 ހައުސިން ޔުނިޓްގެ ތެރެއިން ދޫކުރާ އެފޯޑަބްލް ހައުސިން ޔުނިޓްގެ އަގުތައް އާޢްމުކޮށްފި އެވެ.

އެފޯޑަބްލް ހައުސިން ޔުނިޓްތަކަކީ ކުލިދައްކަމުން ގޮސް އަމިއްލަ ކުރެވޭގޮތަށް ސަރުކާރުން ހުޅުމާލެ ފޭސް1 އަދި ފޭސް2ގައި ތަރައްގީކުރާ 1،000 ހައުސިން ޔުނިޓްގެ ތެރެއިން ދޫކުރާ ހައުސިން ޔުނިޓްތަކެެކެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހައުސިން ޔުނިޓްތަކުގެ އަގުތައް ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ސަރުކާރުން ހުޅުމާލެ ފޭސް1 އަދި ފޭސް2ގައި ތަރައްގީކުރާ 1،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ދަށުން ނުވަ ޓަވަރެއް ހިމެނޭއިރު، އެފޯޑަބްލް ހައުސިން ޔުނިޓްގެ ގޮތުގައި، 120 ހައުސިން ޔުނިޓް ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ޔުނިޓް އާއި ތިން ކޮޓަރީގެ ޔުނިޓްތައް ހިމެނޭއިރު، ދެކޮޓަރީގެ ޔުނިޓް ނިމޭއިރު އެތަންތަނުގެ ކުލި ހުންނާނީ 8،600ގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ތިން ކޮޓަރީގެ ޔުނިޓް ނިމޭއިރު ކުލީގެ އަގަކީ 13،000 ރުފިޔާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. 

އެފޯޑަބްލް ހައުސިން ޔުނިޓްގެ ގޮތުގައި ހިމެނޭ ދެކޮޓަރީގެ ހައުސިން ޔުނިޓެއްގެ ސައިޒަކީ 650 އެވެ. އަދި ތިން ކޮޓަރީގެ ހައުސިން ޔުނިޓްގެ ސައިޒަކީ 900 އަކަފޫޓެވެ. އެޕޯޑަބްލް ހައުސިން ޔުނިޓްތަކަކީ ހަމަޖެހިފައިވާ ކުލި ދައްކަމުން ގޮސް ކުލި ހަލާސްކޮށް އެތަންތަނުގެ އޯނާޝިޕް ލިބޭގޮތަށް ތައްޔާރުކުރެވިފައިވާ ޔުނިޓްތަކެކެވެ. 

ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ތަރައްގީކުރުމަށް ނިންމާފައިވާ 1،000 ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިން ޔުނިޓާއި، އެފޯޑަބަލް ހައުސިން، އަދި މިޑް ޓު ހައި ރޭންޖު ހައުސިން ޔުނިޓްތަކެކެވެ. އެ މަޝްރޫއުގެ މަަސައްކަތްތައް އަމަލީ ގޮތުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ޔުނިޓްތަކުގެ ބިންގާ އަޅާފައެވެ. 

އެ މަޝްރޫއުގެ ދަށުން ކައުންސިލް ހައުސިންގެ 120 ޔުނިޓް އާއި އެފޯޑަބުލް ހައުސިން ޔުނިޓްގެ 220 އަދި މިޑް ރޭންޖު ހައުސިންގެ 660 ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިޑް ރޭންޖު ހައުސިންގެ 660 ޔުނިޓްގެ ތެރޭގައި 750 އަކަފޫޓުގެ 160 އެޕާޓްމެންޓާއި، ތިން ރޫމުގެ 1000 އަކަފުޓޫޓުގެ 500 އެޕާޓްމެންޓެވެ. މިޑް ރޭންޖު ހައުސިން ޔުނިޓްތަކުގެ އަގުތައް އަދި މިހާތަނަށް ހާމަކޮށްފައިނުވާއިރު، އެ ތަންތަނުގެ ކުލީގެ އަގުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރަމުން ގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ސަރުކާރުން ހުޅުމާލެ ފޭސް1 އަދި ފޭސް2ގައި ތަރައްގީކުރާ 1،000 ހައުސިން ޔުނިޓް މަޝްރޫއުއަކީ 2020ވަނަ އަހަރުގެ ނޮވެމްބަރު 20ވަނަ ދުވަހު އެޗްޑީސީއާއި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު ސޮއިކުރެވުނު މަޝްރޫއުއެކެވެ. މިއަދު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއިރު، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއުއަކީ ދިވެހި އަމިއްލަ ކުންފުންޏަކުން މިހާތަނަށް ހިންގާ އުމުރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުއެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް