ads
މާލޭ މީހަކާ އިންނާނެ ލ.އަތޮޅު އަންހެނަކު ހޯދަނީ
ކައިވެނިކުރުމަށް ލ.އަތޮޅުގެ އަންހެނަކު ހޯދުމަށް މާލެއަށް އުފަން 35 އަހަރުގެ ފިރިހެނަކު ސޯޝަލް މީޑިއާގެ ކައިވެނި ޕޭޖެއްގައި ޖަހައިފިއެވެ.

އޭނާއަކީ ކައިވެންޏެއްކޮށް ވަރިވެފައިވާ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. ބޭނުންވަނީ އުމުރުން 30 އަހަރަށްވުރެ ހަނގު ލ. އަތޮޅަށް، ނޫނީ ފުވައްމުލަކަށް ނިސްބަތްވާ އަންހެނެކެވެ. އެހެންނަމަވެސް އޭނާ ބުނާގޮތުން ބޮޑަށް ރަނގަޅީ ހަމަ ލ. އަތޮޅު ކުއްޖެކެވެ. 

މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ އެމީހާ ބުނީ، ލ. އަތޮޅަށް ނިސްބަތްވާ އަންހެން ކުއްޖެއްނަމަ އަންހެން ކުއްޖާ ކުރިން ކައިވެންޏެއްކޮށް ދަރިއަކު ލިބިފައި ހުރިނަމަވެސް މައްސަލައެއް ނެތް ކަމަށެވެ. 

އޭނާ އަކީ ކޮންސްޓްރަކްޝަންގެ އަމިއްލަ މަސައްކަތް ކުރާ މާލޭ މީހަކަށް ވީނަމަވެސް ކަައިވެންޏަށްފަހު ދިރިއުޅޭނެ ތަނެއް ވާހަކަދައްކައިގެން ނިންމާނީ ކަމަށް އޭނާ ބުނެއެވެ. 

އޭނާގެ ޝަރުތަކީ ހަމައެެކަނި ލ. އަތޮޅަށް ނިސްބަތްވާ އުމުރުން 30 އަހަރަށްވުރެ ދަށުގެ އަންހެނަކަށް ވުމެވެ. އެެހެންކަމުން މި ޝަރުތުތައް ހަމަވާ ލ. އަތޮޅަށް ނޫނީ ފުވައްމުލަކަށް ނިސްބަތްވާ އަންހެނަކުނަމަ ކައިވެނި ޕޭޖަށް ޕްރައިވެޓް މެސެޖެއް ކޮށްލުމަށް އޭނާ އެދެއެވެ. 

ކައިވެނި ޕޭޖަކީ ހަޔާތުގެ ބައިވެރިން ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ފޭސްބުކްގައި ހިންގާ ޕޭޖެކެވެ.

60%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް