ads
ރަޝިޔާގެ ރައީސް ޕުޓީން އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން-
ޕުޓިން އާއި ބައިޑެންގެ ބައްދަލުވުމަށް ފަހު ބޮޑެތި ނިންމުންތަކެއް
ރަޝިއާގެ ރައީސް ލެޑިމީއަ ޕުޓިން އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މިއަދުގެ ވަގުތެއްގައި ސްވިޒަލޭންޑުގެ ޖެނީވާގައި ބައްދަލުކޮށްފައެވެ.

މިއީ ރައީސް ޖޯ ބައިޑެން ވެރިކަމާ ހަވާލުވި ފަހުން ރައީސް ޕުޓިންއާއި ބައްދަލު ކުރި ފުރަތަމަ ފަހަރެވެ. ދެ ގައުމުގެ ލީޑަރުން މިއަދު ބައްދަލުކުރި އިރު މިއީ ފިނި ހަނގުރާމައަށް ފަހު ދެގައުމުގެ ގުޅުން އެންމެ ހީނަރުވެފައިވާ ދަނޑިވަޅެވެ. 

މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ރައީސް ބައިޑެން ވަނީ ރަޝިއާގެ ލީޑަރަކީ އަކީ ގާތިލެއް ކަމަށް ތުހުމަތުކޮށްފައެވެ. އެމައްސަލައިގައި ރަޝިއާއިން ވަނީ ވޮޝިންޓަނަށް ކަނޑަައަޅައިފައިވާ އެމްބަސަޑަރު އެނބުރާ ގައުމަށް ގެނެސްފައެވެ. އަދި އެގައުމުގައި ހުރި އެމެރިކާ އެމްބަސަޑަރުވެސް އަނބުރާ ގައުމަށް ދިއުމަށް ލަފާ ދީފައެވެ.

ބައްދަލުވުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ރައީސް ޕުޓިން ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ކޮންޓްރޯލްކުރުމަށް މިހާރު އަމަލުކުރަމުން އަންނަ ނިއު ސްޓާޓް ޓްރީޓީއަށް ބަދަލުތަކެއް ގެންނަން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި ރަޝިޔާ އިން ވަނީ ސައިބާ އެޓޭކްތަކާއި ގުޅިގެން އެމެރިކާއަށް މައުލޫމާތު ހިއްސާކުރަން ނިންމާފައިކަމަށާއި ކުރިއަށް އޮތް ތަނުގައި ސައިބާސެކިއުރީޓީ ދާއިރާގެ ބައެއް ކަންކަމުގައި މަޝްވަރާކުރަން ފަށާނެ ކަމަށްވެސް ރައީސް ޕުޓިން ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ޕުޓިން ވިދާޅުވީ އަނބުރާ ގައުމަށް ގެނައި އެމްބަސަޑަރުންވެސް އެމީހުންގެ މަގާމަށް އަނބުރާ ފޮނުވަން ނިންމާފައިވާ ކަމަށެވެ.

ބައެއް ކަންކަމުގައި އެއްބަސްވުމަކަށް އާދެވުނު ނަމަވެސް ސައިބާ ހެކިން، ހަތިޔާރު ކޮންޓްރޯލްކުރުން، އިންތިހާބަށް ނުފޫޒް ފޯރުވުން އަދި ޔޫކްރެއިން މައްސަލަ ފަދަ މައްސަލަތަކުގައި ދެގައުމުގެ މެދުގައި ބޮޑެތި ދެބަސްވުން އުފެދިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް