ދެހާސް ފަސް ވަނަ އަހަރު ރިއާލް މެޑްރިޑާ ގުޅުނު ސާޖިއޯ ރާމޯސް ސޯޅަ އަހަރަށް ފަހު ކްލަބު ދޫކޮށްދާނީ ހިލޭ ޓްރާންސްފަ އެއްގައެވެ. ރާމޯސްއާ ރެއާލް މެޑްރިޑާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.
އުމުރުން މިހާރު ތިރީސް ފަސް އަހަރުގެ ސާޖިއޯ ރާމޯސް ދެހާސް ފަސްވަނަ އަހަރު ރިއާލް މެޑްރިޑާ ގުޅުނީ ސެވިއްޔާއިންނެވެ. އެ ފަހުން މި ވޭތިވެދިޔަ ސޯޅަ އަހަރުގެ ތެރޭގައި ރާމޯސްވަނީ ރިއާލް މެޑްރިޑަށް ބާވީސް ތަށި ހޯދައިދީފައެވެ. އޭގެތެރޭގައި ޔޫރަޕުގެ ބޮޑެތި ހުރިހާ މުބާރާތަކާ، ސްޕެއިންގެ ހުރިހާ މުބާރާތެއް ހިމެނެއެވެ.
ރިއާލް މެޑްރިޑަށް ފަހު ރާމޯސް ދެން ބަދަލުވާނެ ޓީމެއް ރަސްމީކޮށް އަދި ހާމަ ނުކުރިނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ރާމޯސް ދެން ބަދަލުވާނީ ފްރާންސްގެ ޕީއެސްޖީއަށެވެ.