ads
ފޮޓޯ: ދިރާގު
ގޭގައި ތިބެގެން ދިރާގު ޕްރީޕެއިޑް ރީލޯޑް ކޮށްލެވޭނެ ފަސޭހަ ގޮތްތައް އިނގޭތަ؟
ދުވަސްވަރަކީ ރައްކާތެރިކަމާއެކު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އޮންލައިންކޮށް ހުރިހާ ހިދުމަތެއްވެސް ހޯދުމަށް އިލްތިމަސްކުރަމުން އަންނަ ދުވަސްވަރަކަށްވާއިރު ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށާއި ލިބިގަތުމަށް ފަސޭހަ، ޑިޖިޓަލް ގޮތްތަކެއް ކަސްޓަމަރުންނަށް އަބަދުވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.
Advertisement

އޭގެ ތެރޭގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ގޭގައި ތިބެގެން ފަސޭހަކަމާއެކު ރީލޯޑް ކޮށްލެވޭނެ ވަރަށް ގިނަ ގޮތްތައް ހިމެނެއެވެ.

ދިރާގު މޮބައިލް އެޕްލިކޭޝަން

ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕް ހުޅުވާލާފައި “Easy TopUp” ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށްފަހު “Continue and Pay” އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށްފަހު އަނެއްކާވެސް “Continue and Pay” އަށް ފިތާލާށެވެ. ދެން ފައިސާ ދައްކަންބޭނުންވާ ގޮތް ހިޔާރުކުރުމަށްފަހު “Continue” އަށް ފިތާލާށެވެ.

ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީ ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެއެވެ.

ދިރާގު ވެބްސައިޓް

ދިރާގު ވެބްސްއިޓު މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ވެބްސައިޓްގެ ހޯމް ޕޭޖްގައިވާ “Easy TopUp” އަށް ފިއްތާލާށެވެ. އެއަށްފަހު ރީލޯޑްކުރަން ބޭނުންވާ ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Continue” އަށް ފިއްތާލާށެވެ. ދެން، ފައިސާ ދައްކަންބޭނުންވާ ގޮތް ޚިޔާރުކުރުމަށްފަހު “Continue” އަށް ފިއްތާލާށެވެ.

މި ހިދުމަތައްވެސް ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީ ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެއެވެ.

ދިރާގު ޕޭ

ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގުޕޭގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށްފަހު “Reload my mobile” ނުވަތަ “Reload Another” އަށް ފިއްތާލާށެވެ. އެއަށްފަހު ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Validate” އަށް ފިއްތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަކުރުމަށް “Proceed” އަށް ފިއްތާލުމުން ރީލޯޑް ކޮށް ނިމުނީއެވެ.

ދިރާގު ޕޭ އެކައުންޓަށް ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ކުރެވޭނެއެވެ.

ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށް ކަމަށް ދިރާގުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް