ads
ބެލްޖިއަމް- ޑެންމާކު މެޗު ތެރެއިން
ޔޫރޯ 2020: ފަހަތުން އަރައި ޑެންމާކު ބަލިކޮށް ބެލްޖިއަމް އަނެއް ބުރަށް
ބުރާސްފަތި ދުވަހުގެ ރޭ ފަހަތުން އަރައި ޑެންމާކު ބަލިކޮށް، ޔޫރޯގެ ދެވަނަ ބުރުން ބެލްޖިއަމް ޖާގަ ހޯދައިފިއެވެ. ޑެންމާކުގެ މައްޗަށް ބެލްޖިއަމުން ކުރި ހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ.
Advertisement

ބުރާސްފަތި ދުވަހުގެ ރޭ ބެލްޖިއަމްއާ ޑެންމާކު ކުޅުނު މެޗު ޚާއްސަކޮށްފައިވަނީ ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ހިތުގެ މައްސަލައެއް ދިމާވެގެން މެޗު މެދު ކަނޑާލައި ހޮސްޕިޓަލަށް ގެންދަން ޖެހުނު އެރިކްސަންއަށެވެ. މެޗުގައި އެރިކްސަންއަށް ޚާއްސަކޮށް ހަރަކާތްތަކެއް ހިންގިއިރު، ދެ ޓީމުގެ ސަޕޯޓަރުންވެސް ދިޔައީ އެރިކްސަންގެ ހަނދާންތައް އާކުރަމުންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ، ޑެންމާކުންނެވެ. ޑެންމާކުގެ ލަނޑު، މެޗުގެ ދެވަނަ މިނިޓްގައި ޖެހީ ޕިއޭ އެމީލް ހޮއިބިއާއެވެ. އެހެންނަމަވެސް ދެވަނަ ހާފުގައި ބެލްޖިއަމުން ދެ ލަނޑު ޖަހައި މެޗު އަނބުރާލީއެވެ. އަދި އެ ނަތީޖާއާ އެކު މުބާރާތުގެ ދެވަނަ ބުރުން ބެލްޖިއަމަށް ފުރުސަތު ލިބުނީއެވެ. ބެލްޖިއަމްގެ ލަނޑުތައް ޖެހީ ކެވިން ޑި ބްރޭނާ އަދި ތޯގަން ހަޒާޑްއެވެ.

ބެލްޖިއަމުންވަނީ އެ ޓީމުން ކުޅުނު ފުރަތަމަ މެޗުވެސް ކާމިޔާބުކޮށްފައެވެ. އެހެންކަމުން ދެ މެޗުން ހަ ޕޮއިންޓާ އެކު ބެލްޖިއަމަށް ދެވަނަ ބުރު ކަށަވަރުވީއެވެ. ބެލްޖިއަމް ފުރަތަމަ މެޗުގައި މޮޅުވީ ރަޝިޔާ އަތުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް