ads
އާމިރާ އިސްމާއީލް----
އާމިރާ ފިލްމީ ދާއިރާއަށް ނުކުތީ އިތުރު ގޮތެއް ނެތިގެން
ދިވެހި ގިނަ ފިލްމީ ތަރިން ދާއިރާއަށް ނުކުންނަނީ ފިލްމު ކުޅުން ނުވަތަ އެކްޓު ކުރުމަށް ހުންނަ ޝައުގުވެރިކަމުގެ ސަބަބުންނެވެ. އެހެންނަމަވެސް ދިވެހި ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އާމިރާ އިސްމާއީލް ފުރަތަމަ ފިލްމީ ދާއިރާއަށް ނުކުތީ ކޮންމެހެން ފިލްމު ކުޅެން ޝައުގުވެރިކަން ހުންނާތީއެއް ނޫނެވެ.
Advertisement

ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއްގައި އާމިރާ ވަނީ އޭނާގެ ފިލްމީ ކެރިއާ ފެށިގެން އައި ގޮތް ހިއްސާކޮށްފައެވެ.

އާމިރާ ބުނީ  2002 ވަނަ އަހަރު ފުރަތަމަ ފިލްމީ ދާއިރާއަށް ނުކުތީ ކޮންމެހެން ދާއިރާއަށް ޝައުގުވެރިކަން ހުރެގެން ނޫން ކަމަށެވެ. ފުރަތަމަ ލަވައެއް ކުޅުނީ ފިލްމު ޑައިރެކްޓަރު އަލީ ރަޝީދު (ގޮޅާ އައްޔަ) ގެ އެދުމުގެ މަތިން ކަމަށެވެ.

ގޮޅާ އައްޔަ އެދުމުންވެސް އެންމެ ފުރަތަމަ ފިލްމު ކުޅެން ބޭނުން ނުވި ކަމަށް އާމިރާ ބުންޏެވެ. އެހެންނަމަވެސް ފިލްމީ ދާއިރާއަށް ނުކުންނަށް ޖެހުނީ ޑިރެކްޓަރު ގޮސް މަންމަ ކައިރިން ހުއްދަ ހޯދައިގެން އައުމުން ދެން އިތުރު ގޮތެއް ނެތިގެން ކަމަށް އާމިރާ ބުންޏެވެ.

"ގޮޅާ އައްޔަ އާދޭސް ކޮށްކޮށް ސުކޫލުގަ އުޅުނު އިރުވެސް، ދެން އެގޭ ކައިރީ އުޅުނީ. ސުކޫލަށް ދާއިރުވެސް ސުކޫލުން އަންނަ އިރުވެސް ކިޔާނެ އެއް ލަވަ ކުޅެދޭނަން ދޯއޭ. ދެން މިކަހަލަ ގޮތަކަށް ގޮސް އޭނަ ހަމަ އާދޭސްކޮށް އެންމެ ފަހުން ނުކުޅެން ވެގެން ބުނީ މަންމަ ހުއްދައެއްވެސް ނުދޭނޭ. ބުނީމަ ހަމަ މަންމަ ކައިރިއަށްވެސް ގޮއްސަ ހުއްދަ ހޯދައިގެން އައީމަ ދެން ނޯ ޗޮއިސް ވެގެން ހަމަ (ފިލްމީ ދާއިރާއަށް) ނުކުތީ" އާމިރާ

ފުރަތަމަ ފިލްމީ ދާއިރާއަށް ނުކުންނަށް ބޭނުން ނުވި ނަމަވެސް ދާއިރާއަށް ވަދެވުމުން ވަރަށް ފެނިގެން ދިޔައީ އެންމެން ގުޅިގެން އުޅޭ ވަރަށް މަޖާ މާހައުލެއް ކަމަށާއި އޭގެ ފަހުން ދާއިރާއަށް ޝައުގުވެރިކަން އުފެދުނު ކަމަށް އާމިރާ ބުންޏެވެ.

އާމިރާ ބުނީ ފިލްމީ ދާއިރާއާ ކުޑަކޮށް ދުރަށް ޖެހިލީ ވަގުތު ނުދެވޭތީ ކަަމަށާއި، އެހެންނަމަވެސް ކުރިއަށް އޮތްތާނގަވެސް މަދުމަދުން ނަމަވެސް ފެނިގެންދާނެ ކަމަށެވެ.

21%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
56%
ވަރަށް ސަލާމް
ކޮމެންޓްސް