އެހެންނަމަވެސް ދަރިފުޅުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކުރި މިއީ ފުރަތަމަ ފަހަރެެވެ. ނިހާރް އަދި ނީތީ އާއެކު ނަގާފައިވާ ފޮޓޯއެއްގައި ދަރިފުޅު ވެސް އުރާލައިގެން ތިބޭ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ވަނީ ދޫކޮށްލާފައެވެ.
ދަރިފުޅަށް ކިޔާނަންވެސް މި ފޮޓޯއާއިއެކު އާއްމުކޮށްފައިވާއިރު، ދަރިފުޅަށް ނަން ދީފައިވަނީ، އަރްޔާވީރްގެ ނަމުންނެވެ. މިއީ ފިރިހެންކުއްޖެކެވެ. ނަމާއިއެކު ފޮޓޯ އާއްމުކުރިއިރު ދަރިފުޅުގެ މޫނު ރަނގަޅަށް އެ ފޮޓޯއިން ނުފެެނެއެވެ.
ނިހާރް އަދި ނީތީ ކައިވެނިކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.