
އުރީދޫއިން ބުނީ މި ހިދުމަތް ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށްވެސް ތައާރަފް ކުރެވިފައިމިވަނީ ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާވަރު އިތުރު ވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންނަށްވެސް އިތުރު ލުއިގޮތްތައް ހޯދާ ދިނުމުގެ ގޮތުން ކަމަށެވެ.
އުރީދޫއިން ބުނީ މިގެނައި ބަދަލާއި އެކު، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަގެ ޚިދުމަތާ އެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެކަމަށެވެ. ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަ ވުމުގެ ކުރިން ނަންގަވާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެއެވެ.
ޑޭޓާ ރޯލްއޯވަގެ އިތުރުން ބޮޑެތި ޑޭޓާ އެލަވަންސް އާއި އެކު އައު ދެ ޕްލޭންވެސް އުރީދޫއިން ވަނީ ތައާރަފް ކޮށްފައެވެ. އެެގޮތުން
- ފަސޭހަ އެޗްބީބީ 60ޖީބީ: 799ރ. (60 ޖީބީ އެލަވެންސާއެކު 12 ޖީބީ އިތުރު ޑޭޓާ)
- ފަސޭހަ އެޗްބީބީ 500ޖީބީ: 3،549ރ. (500 ޖީބީ އެލަވެންސާއެކު 100 ޖީބީ އިތުރު ޑޭޓާ)
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތަކަށް ބަދަލު ގެނައުމަށް ކަމަށެވެ.