ads
އަލީ ހުސައިން----
މުސްލިމަކާ ދިމާލަށް ހަރުކަށި ފިކުރުގެ މީހެކޭ ކިޔޭނަމަ "ލާދީނީ" ކިޔޭނެ: އަލީ ހުސައިން
މުސްލިމަކާ ދިމާލަށް އެމީހަކީ ހަރުކަށީ ފިކުރުގެ މީހެކޭ ބުނެވޭނަމަ، އަނެކާއާ ދިމާލަށް ތިއީ އިސްލާމްދީނާ ދެކޮޅު މީހެކޭ ނުބުނެވޭންވީ ސަބަބެއް ނެތް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ނަފްރަތުގެ ބިލާ ދެކޮޅަށް ގިނަ އިލްމުވެރިންނާއި އާންމު ރައްޔިތުންވެސް ވަނީ ހިޔާލު ފާޅުކޮށްފައެވެ.

އެ ބިލާ ބެހޭގޮތުން އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުސްލިމަކާ ދިމާލަށް ހަރުކަށި ފިކުރުގެ މީހެކޭ، އެކްސްޓްރީމިސްޓެކޭ، އަދި ޓެރެރިސްޓެކޭ ބުނެވޭނަމަ އަނެކާއާ ދިމާލަށް ތިޔައީ އިސްލާމްދީނާއި ދެކޮޅު މީހެކޭ، ނުވަތަ އިސްލާމްދީނާއި ހިލާފަށް އަމަލުކުރާ މީހެކޭ ނުބުނެވޭންވީ ސަބަބެއް ނެތް ކަމަށެވެ.

ދިވެހިދައުލަތަގެ ދީނަކީ އިސްލާމްދީން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު އެހެން ގާނޫނެއްގައި މީހަކާ ދިމާލައް އޭނާއަކީ އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމަކީ ކުށަކަށް ހެދުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ދިވެހި ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާގައި ބުނާގޮތުން ކޮންމެ ދިވެހި ރައްޔިތަކީ މުސްލިމަކަށް ވުން ލާޒިމެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލުގައި އިސްލާމީ އަގީދާއާ ގުޅުވައި މުޖްތަމައުގައި މީހަކާ މެދު ނަފްތަރު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ކުށެެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ. 

އެ ބިލަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ދެކޮޅު ހަދާފައިވާއިރު، މިހާރު ވަނީ އެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް