ads
މީދޫ ދާއިރާ މެމްބަރު އަހުމަދު ސިޔާމް
ސިޔާސީ ދާއިރާއަށް ވަނީ ރައްޔިތުން އާދޭސްކޮށްގެން: ސިޔާމް
ސިޔާސީ ދާއިރާއަކީ އެއްވެސް އިރެއްގައި ޝައުގުވެރިކަންހުރި ދާއިރާއެއް ނޫންކަމަށާއި، އެދާއިރާއަށް ނިކުންނަން ޖެހުނީ ދ.އަތޮޅު ރައްޔިތުން ތަކުރާރުކޮށް އާދޭސް ކުރުމުންކަމަށް މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ، އެމަނިކުފާނު މަޖިލީހުގައި ތަމްސީލް ކުރައްވާ، ދ. އަތޮޅަކީ ވަރަށް ކުރިއަރާފައޮތް އަތޮޅެއްކަން ރާއްޖޭގެ އެކި އަތޮޅުތަކަށް ބަލާލުމުން އެންމެންނަށްވެސް އެގޭނެކަމަށެވެ. 

ސިޔާމް ވިދާޅުވީ، އެމަނިކުފާނު ސިޔާސީ ދާއިރާއަށް ނިކުތީ އެއްވެސް ހާލެއްގަ ސިޔާސީ މައިދާނަށް ނިކުންނަން ހިޔާލެއްވެސް އޮވެގެން ނޫންކަމަށާއި އެކަމަށް ދ. އޮތޮޅު ރައްޔިތުން ހެކިވާނެކަމަށެވެ. 

ސިޔާސީ ދާއިރާއަށް ނިކުންނަން ޖެހުނު ގޮތް ސާފުކޮށްދެއްވަމުން ސިޔާމް ވިދާޅުވީ، ފުރަތަމަ އެއަތޮޅަށް ދިޔައީ އެއަތޮޅުން ރަށެއް ލިބިގެން އެރަށް ހަދަން ކަމަށެވެ.

" ގޮސް ދ.އަތޮޅުގައި ހުރި ބައެެއް ރަށްރަށަށް އަރާގެން އަޅުގަނޑުދިޔައިރު، ހާއްސަކޮށް މީދޫއަށް ދިޔައިރު، އަޅުގަނޑަށް އެރަށުގެ ގެއަކުން ކާންދެން ދެވުނުއިރުގަ އަޅުގަނޑަށް އެގެއަކުން ނުކެވުނު. ވަށާގެން އޮތީ ހުސްކުނިވެފަ ބީޗް ކުނިއަޅާފަ، ބޮޑެތި މެހި އަންނަނީ. ބޮޑެތި މަދިރި އަންނަނީ އަޅުގަނޑަކަށް އެގެއަކުން ނުކެވުނު”ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ރައްޔިތުން އެދުނީ އެކުނިތަައް ނަގާ ބީޗު ހަދާދިނުމަށް ކަމަށެވެ. އެކަންތައް ފުރިހަމަކޮށް، ކުނި އަންދާ މެޝިނާއި، މުވައްޒަފުން ހަމަޖައްސައިދީ، ސިއްހީގޮތުން ސާފު މާހައުލެއްގައި ދިރިއުޅެވޭގޮތަށް އެރަށް ބައްޓަންކޮށްދިނީ ކަމަށް ސިޔާމް ވިދާޅުވިއެވެ. 

އެޔަށްފަހު އެއަތޮޅު ތަމްސީލް ކުރާ މެމްބަރެއްގެ ގޮތުގައި މަޖިލީހުގެ ގޮނޑިއަށް ވާދަކުރެއްވުމަށް އެދިވަޑައިގަތީ އެރައްޔިތުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

" އެހިސާބުން އެ ރައްޔިތުން އަމިއްލައަށް އާސް އަޅުގަނޑު ކައިރީ ދެންނެވީ ތިމަންނަމެންގެ މިއަތޮޅުގައި 20 އަހަރު ވެއްޖޭ އެހެންމީހުންވެސް އުޅޭތާ، ތިމަންނަމެންނަށް އެއްވެސް ތައްރައްގީއެއް ނުލިބޭ. އެހެންވީމަ މިރަށުގެ ފަގީރުކަމާއި، މިރަށް މިއޮތް ގޮތުން މިރަށް ކުރިއަރުވަން ތިމަންނަމެންނަށް މިކަން ކޮށްދޭށޭ”ސިޔާމް ވިދާޅުވިއެވެ.

ސީޔާމް ވިދާޅުވީ، އެއެދުމަށް އެންމެ ފުރަތަމަ ދެއްވި ޖަވާބަކީ “ނުވާނޭ” ކަމަށެވެ.

އެހެންނަމަވެސް ތަކުރާރުކޮށް އާދޭސް ކުރަން ފެށުމުން އެކަމަށް އެއްބަސްވީ ހަމައެކަނި ރައްޔިތުންނަށްޓަކައި ކަމަށާއި މާތްﷲ އެކަމަށް ހެކިވާނެކަމަށް ސިޔާމް ވިދާޅުވިއެވެ.

“އެއްވެސް ހާލަތެއްގައި އަމިއްލަ ބޭނުމެއް އޮވެގެނެއް ނޫން. އެހިސާބުން އަޅުގަނޑު މަސައްކަތްފެށީ ދ.އަތޮޅަކީ ރާއްޖޭގައި އޮތް އެންމެ މުއްސަނދި އެއް އަތޮޅަކަށް ހަދަން” ސިޔާމް ވިދާޅުވިއެވެ.

އެގޮތުން ބަލާފިނަމަ މިހާރު ދ. އަތޮޅުގެ ކޮންމެ ރަށަކަށް ވަޑައިގަތަސް އެކަން ޔަގީންވާނެކަމަށް ސިޔާމް ވިދާޅުވިއެވެ. ސިޔާމްް ވިދާޅުވީ، ބަނދަރުތަކާއި، ރާއްޖޭގައި ހަދާފަހުރި ފުޓްބޯޅަ ދަނޑުތައް ހުރީ އެއަތޮޅުގެ ރައްޔިތުންނަށްޓަކައި ހަދައިދީފަކަމަށެވެ. 

އޭގެ ހެއްކެއްގޮތަށް، ބަނދަރާއި، ނަރުދަމާއާއި، ސުކޫލްތަކުގައި ވެސް އެއް ދަންފަޅިއަށް ނުކިޔަވާދޭ ރަށެއް ދ. އަތޮޅުގައި ނުހުންނާނެކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ގިނަ ސްކޫލްތަކުގައި ކިޔަވާދީފައިވަނީ އެމަނިކުފާނުގެ އަމިއްލަ ހަރަދުގައި ކަން ސިޔާމް ފާހަގަކުރެއްވިއެވެ.

“އަދި ހާއްސަކޮށް އެހުރިހާ ސުކޫލްތައް އަޅާ، ކޮންމެ ރަށެއްގަ ޕްރީސްކޫލެއް އަޅައިދީ، ގާތްގަނޑަކަށް ހަތްއަހަރުވަންދެން، ސްކޫލްތަކުގައި ގުރޭޑް ހަތަކުން ފެށިގެން 10 އަށް އަޅުގަނޑުގެ ހަރަދުގައި ކިޔަވާދީފަ ހުންނާނީ” ސިޔާމް ވިދާޅުވިއެވެ.

އޭގެ ސަބަބުން އެއަތޮޅުގެ ގިނަ ކުދިންނަކީ ތައުލީމީ މަސައްކަތްތެރިކުދިން ކަން ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވީ، އޭގެ ތެރެއިން ބައެއް ކުދިން މަަސްވެރިކަމާއި އެހެން ދާއިރާތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެހެންކަމުން ސިޔާމް ވިދާޅުވީ، އެމަނިކުފާނު ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތީ އެއްވެސް ވަރަކަށް އަމިއްލަ އެދުމުގައި ނޫންކަމަށާއި ހަމައެކަނި ދ. އަތޮޅުގެ ރައްޔިތުންނަށްޓަކައިކަން އެއަތޮޅުގެ ރައްޔިތުން ހެކިވާނެކަމަށެެވެ. އަދި އެކަމަށް އެދި އާ ބައެއް ރަައްޔިތުން މިއަދުވެސް ދުނިޔޭގައި އެބަތިބިކަން ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވީ ސިޔާސީ ހަޔާތާއި ދުރަށް ދާނީވެސް އެރައްޔިތުން ބޭނުންވުމުން ކަމަށެވެ.

"އެއަތޮޅުގަ އަބަދުވެސް އަޅުގަނޑު ބަލާގަނޭ. އަޅުގަނޑު ސިޔާސީ މައިދާނުގަ އުޅޭނީ ވަކި ހިސާބަކަށް ދާންދެން. އެއީ ރައްޔިތުންނާއި ހިސާބަށް ގޮސްފައި، ރައްޔިތުންގެ ކަމަކަށް ވޯޓަށް އެދި ރައްޔިތުން ވޯޓު ނުދީފިނަމަ އެހިސާބުން އަޅުގަނޑު ސިޔާސީ ކަންތަކުން އެއްކޮށް، އަޅުގަނޑު ސިޔާސީ އެކަމަކުން އަޅުގަނޑު ދުރުވާނަން" ސިޔާމް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ ގޮނޑިއަށް އެއަތޮޅު ތަމްސީލް ކުރައްވަން އަނެއްކާވެސް ކުރިމައްތިލައްވަން އަދި އަހަރުތަކެއް އެބައޮތްކަމަށާއި އެހިސާބަށް ދާއިރު ރައްްޔިތުން އެގޮތް ބޭނުންވާނަމަ އެކަން ކުރުން އެކަށީގެންވާކަމަަށް ވިދާޅުވިއެވެ.

ސިޔާމް އިތުރަށް ވިދާޅުވީ، ދ. އަތޮޅު ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި، މަސައްކަތްތެރި ބަސްއަހާ ރައްޔިތުންތަކެއް ދިރިއުޅޭ އަތޮޅެއް ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް