ads
ކާފިއު
ފޯނު ނަންބަރު ހޯދާނީ ޖޫރިމަނާ ކުރަން: ފުލުހުން
ކާފިއު ވަގުތުގައި ބޭރުގައި އުޅޭ ފަރާތްތަކުގެ ފޯނު ނަންބަރު ހޯދަން އެދޭނީ ޖޫރިމަނާ ކުރަންޖެހިއްޖެ ހާލަތެއްގައި ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުން މިހެން ވިދާޅުވީ ކާފިއުގެ ވަގުތުގައި މަގުތައް ޕެޓްރޯލުކުރަމުންދާ ފުލުހުން ބައެއް އަންހެން ކުދިންގެ ޒާތީ މައުލޫމާތު ހޯދައި އެކުދިންގެ ފޯނު ނަންބަރު ދިނުމަށް އެދޭ ކަމުގެ މައްސަލަތަކެއް ސޯޝަލް މީޑިއާގައި ފެތުރޭތީ ސީއެންއެމުން ކުރި ސުވާލަކާ ގުޅިގެންނެވެ.

ބައެއް އަންހެން ކުދިން ހުސްހަށިބައިތޯ ސުވާލުކޮށް، އެކަނި ދަނީ ކީއްވެތޯ ބައެއް ފުލުހުން ސުވާލު ކުރާކަމަށް ވާހަކަ ދެކެވެމުންދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސައްކަތާ ނުގުޅޭ މައުލޫމާތު ސާފުކުރާ ކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށެވެ.

ނަމަވެސް އެފަދަ ކަމެއް އެއްވެސް ފުލުހެއްގެ ފަރާތުން ފެނިއްޖެނަމަ، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިގެން އެ މައްސަލައެއް ބެލާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޕާމިޓް ވެރިފައި ކުރުމަށް ބައެއް ހާލަތްތަކުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ޖޫރިމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތަކަށް އެންގުމަށް ފޯން ނަންބަރު އޮޅުން ފިލުވާނެކަމަށް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް