ads
ޓީޗަރުންތަކެއް -- ފޮޓޯ: އަވަސް
އިންޑިއާއިން ގުރުއާނާއި އަރަބި ޓީޗަރުން ގެންނާތީ ފާޑު ކިޔަން ފަށައިފި
އިންޑިއާއިން ގުރުއާނާއި އަރަބި ކިޔަވައިދޭނެ 10 ޓީޗަރުން ގެންނަނީ
ގުރުއާނާއި އަރަބި ކިޔަވައިދޭން އިންޑިއާއިން ޓީޗަރުން ގެންނާތީ އެޑިއުކޭޝަން މިނިސްޓްރީއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާއިން ހޯދަން ނިންމާފައިވާކަން ހާމަކޮށް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކުރުމާގުޅިގެން ގިނަ ބަޔަކު ވަނީ މި ދެ މާއްދާ ކިޔަވައިދޭން އިންޑިއާއިން ޓީޗަރުން ގެންނަން ޖެހުނީ ރާއްޖޭގައި ޓީޗަރުން ނެތުމުންތޯ ސުވާލުކޮށްފައެވެ. އަދި ގުރުއާނާއި އަރަބި ކިޔަވައިދޭން ބޭރު ޓީޗަރުން ގެނައުމަކީ ދިވެހިންނަށް ފުރުސަތު ނުދޭން ނިންމި ނިންމުމެއް ކަމަށް ބުނެ ގިނަ ބަަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފާޑުކިޔުން އަމާޒުވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކެރެލާއިން ގެނެސްފައިވާ ފަސް އަރަބި ޓީޗަރުންނާއި ފަސް ގުރްއާން ޓީޗަރުން ރާއްޖޭގެ ނުވަ ސުކޫލެއްގައި މިހާރު ވެސް ކިޔަވައިދެމުން ގެންދާ ކަމަށާއި މި މުދައްރިސުން ރާއްޖެ ގެނައީ ދިވެހި ޓީޗަރުން ނުލިބުމުން ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ މި ޓީޗަރުންނަކީ މި މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނުކުރުމުން ވެސް، ޓީޗަރުން ލިބިފައިނުވާ މަގާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަން ތަކުގެ އެހީތެރިކަމަށް އެދުނުކަމަށެވެ. 

މިހާރު ތިބި 10 ޓީޗަރުން ގެނެސްފައިވަނީ ހައިކޮމިޝަންތަކުގެ އެހީތެރިކަމަށް އެދުމުން އެކަމަށް އެއްބާރުލުންދީ، އިންޑިޔާގެ ހައިކޮމިޝަން މެދުވެރިވެގެން އިންޑިޔާގެ ސަރުކާރުން ސްޕޮންސަ ކޮށްފައިވާ އިންޑިއާގެ ރެކްރޫޓްމަންޓް އޭޖެންސީ އެއް ކަމަށްވާ ނޯކާ ރޫޓްސް މެދުވެރިކޮށް 2020 ވަނަ އަހަރު ކަމަށެވެ.

މި މުދައްރިސުން ނެގުމުގެ ކުރިން ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާ ވެސް ވާހަކަ ދެކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯވަނީ މަސައްކަތްކުރެވިފައިވާ ކަމަށް ވެސް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން ބިދޭސީ މުދައްރިސުން ގެނައީ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް