ads
ކަރަން އާއި ބިޕާޝާ--
ޑިޕްރެޝަނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބިޕާޝާ ވަރަށް އެހީވި: ކަރަން
ޑިޕްރެޝާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބަތަލާ އަދި އަނބިމީހާ ބިޕާޝާ ބާސޫގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުން ކަމަށް ކަރަން ސިންގް ގްރޯވާ ބުނެފި އެވެ.
Advertisement
ޑިޕްރެޝާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބަތަލާ އަދި އަނބިމީހާ ބިޕާޝާ ބާސޫގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުން ކަމަށް ކަރަން ސިންގް ގްރޯވާ ބުނެފި އެވެ.

އިއްޔެ ދުނިޔޭގެ މެންޓަލް ހެލްތު ޑޭ ފާހަގަކޮށްފައިވާއިރު ކަރަން ބުނީ އޭނާ އަބަދުވެސް ނަފްސާނީ ދުޔަހެޔޮ ކަމުގެ ވާހަކަ ދައްކަނީ އެކަން އޭނާ ތަހައްމަލުކޮށްފައިވާތީ ކަމަށެވެ.

އެގޮތުން ކަރަން ބުނީ މީހާ ޑިޕްރެޝަނަށް ވެއްޓިދާނެ ގިނަ ސަބަބުތަކެއް ހުންނާނެ ކަމަށާއި އެއީ އުނދަގޫ ދިރިއުޅުމެއް ކަމަށެވެ. އެކަމަކު އެވަގުތު ވެސް ލޯބިވާ މީހުންގެ ފަރާތުން ސަޕޯޓު ލިބިއްޖެނަމަ އެއީ ބޮޑު އެހީއަކަށް ވާނެކަން ފާހަގަކޮށް ކަރަން ބުނީ އޭނާ ޑިޕްރެޝަނަށް ކުރި ހަނގުރާމައިގައި އެހީވުމަށް އާއިލާއާއި ބިޕާޝާ ތިބި ކަމަށެވެ.

އެއީ ދައްކަން ޖެހޭ ވާހަކައެއްކަން ފާހަގަކޮށް ކަރަން ބުނީ މީހާ މާބޮޑަށް ސްޓްރެސްވުމުގެ ސަބަބުން ވެސް އެފަދަ ކަންކަން ކުރިމަތިވާ ކަމަށެވެ.

ކަރަން އާއި ބިޕާޝާ ކައިވެނި ކުރީ 2016 ވަނަ އަހަރެވެ. މިއީ ބިޕާޝާގެ ފުރަތަމަ ކައިވެނި ނަމަވެސް މިއީ ކަރަންގެ ތިން ވަނަ ކައިވެންޏެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ކައިވެނިކުރީ ބަތަލާ ޝްރައްދާ ނިގަމް އާއެވެ. އޭގެ ފަހުން ވަނީ މަޝްހޫރު ޓީވީ ތަރި ޖެނީފާ ވިންގެޓްއާ ކައިވެނިކޮށްފައެވެ. އެކަމަކު 2014 ވަނަ އަހަރުގެ ތެރޭގައި އެކައިވެނި ނިމުމަކަށް އައިއިރު އޭނާ ބިޕާޝާއާ ކައިވެނި ކުރީއެއަށް ފަހެވެ.

ގަބޫލްހޭ އާއި ދިލް މިލްގަޔޭ ފަދަ ޝޯތަކުން ފެނިގެންދިޔަ ކަރަން ވަނީ ބޮލީވުޑުން ވެސް ފެނިފައެވެ. އެކަމަކު މިހާރު އޭނާ އަންނަނީ މަޝްހޫރު ޓީވީ ޝޯ ކަސޯޓީގެ ދެވަނަ ބައިގައި ބަޖާޖުގެ ރޯލުގައި މަސައްކަތް ކުރަމުންނެވެ. އެ ޝޯގައި އޭނާ ފެނިގެންދާ ގޮތް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް