ads
10 ކުދިން ވިހޭ ކަމަށް ބުނި އަންހެން މީހާ އާއި އޭނާ ގެ ފިރިމީހާ
އެއްމާބަނޑު 10 ކުދިން ވިހެއި ކަމަށް ބުނެ ހެދީ ދޮގެއް!
ސައުތުއެފްރިކާގެ ޖޮހެނެސްބާގު ގެ އިރުމަތީ އަވަށެއް ކަމުގައިވާ ޓެމްބިސާ އަށް 37 އަހަރުގެ އަންހެނަކު އެއްމާބަނޑު 10 ކުދިން ވިހެއި ހަބަރަކީ މި މަހުގެ ކުރީ ކޮޅުގައި ވަރަށް ގަދައަށް ދެކެވުނު ވާހަކައެކެވެ. އެއްމާބަނޑު 10 ކުދިން ވިހެއުމުން އޭނާ ވަނީ ދުނިޔޭގެ ރެކޯޑު ފޮތަށް ވެސް އަރާފައެވެ.

ބީބީސިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިކަމުގެ ހަގީގަތް ބެލުމަށް އެހިސާބުގެ އިދާރާތަކުން ވަނީ އިންކުއަރީއެއް ކޮށްފައެވެ.

އެ އިންކުއަރީން ބެލި ބެލުމުން ފަހުގެ ތާރީހެއްގައި އެ އަންހެން މީހާ އެ ހިސާބުގެ އެއްވެސް ހޮސްޕިޓަލެއްގައި ވިހާފައި ނުވާ ކަން ވަނީ ހާމަވެފައެވެ. އަދި މެޑިކަލް ޓެސްޓުތައް ހަދައި ބެލި ބެލުމުން އަންހެން މީހާ ފަހުގެ ތާރީހެއްގައި ބަނޑު ބޮޑު ނުވާ ކަމަށް ވެސް ވަނީ ދައްކާފައެވެ.

މި އަންހެން މީހާ ވަނީ 7 ފިރިހެންކުދިންނާއި 3 އަންހެންކުދިން ސިޒަރިން ހަދައިގެން ނަގާފައި ވާ ކަމަށް ބުނެފައެވެ. މިކަން އެ އަވަށުގެ މޭޔަރު ވެސް އޭރު ވަނީ ޔަގީންކޮށްދީފައެވެ.

އަންހެން މީހާ 10 ކުދިން ވިހެއިކަން އެނގުމާއެކު ގިނަ ބަޔަކު ވަނީ މާލީ ގޮތުން އެ އާއިލާއަށް އެތައް އެހީއެއް ފޯރުކޮށްދީފައެވެ. އެގޮތުން އެ މީހުންނަށް 100،000 ވުރެ ގިނަ އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ދެމަފިރިންގެ މައްޗަށް ފުރަތަމަ ޝައްކު ކުރެވެން ފެށީ އަންހެން މީހާ ލިބުނު ފައިސާތައް ހިފައިގެން ފިލި ކަމަށް ފިރިމީހާ ރިޕޯޓު ކުރުމުންނެވެ. އެކަމާ ގުޅިގެން އަންހެން މީހާ ވަނީ ފިރިހެން މީހާ އުޅެނީ އޭނާގެ ދަރިން ބޭނުންކޮށްގެން ލާރި ހޯދުމަށް ކަމަށް ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް