ޖާނުން ފިދާވުުމުގެ ހަަމަލާ ރާއްޖެއަށް އަންނަން ފަށާފާނެ ކަމުގެ ބިރުއެބައޮތް ކަމަށް ވިދާޅުވެ، ކުއްލިއަކަށް ވަރަށް ގިނަ ބަޔަކު ހިފާ ހައްޔަރުކޮށްގެން ގައުމަށް ދިމާވާން އުޅޭ އެކަމުން އަރައިގަންނަން ޖެހޭކަމަށް އެމްޑީޕީ "ހަރުގެ ކްލަބް ހައުސް" ލޯންޗު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން ހަމަ ހަގީގަތުގައި ވެސް އެފަދަ ބިރުވެރިކަމެއް އެބައޮތްތޯ ސީއެންއެމްގެ "ތަފްސީލް"ގައި ސުވާލު ކުރެއްވުމުން މުންދު ވިދާޅުވީ، ރައީސް ނަޝީދު ދައްކަވާ ވާހަަކައެއް ނަމަ ތަޖުރިބާގެ އަލީގައި އެންމެ ފުރަތަމަ ބަލަނީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ކޮބައިތޯ ނޫން ކަމަށާއި، އެމަނިކުފާނު އެ ވާހަކަ ދެއްކެވި ނިޔަތާއި މަގުސަދަށް ކަމަށެވެ.
އަދި ތަޖުރިބާގެ އަލީގައި ބަލާކަމަށްވާނަަމަ އެހެން ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކަކީ "ދެއުޅިއެއް ނުހުންނަ، ހަގީގަތާއި ހިލާފު އަދި ސާބިތުނުކުރެވޭ ހެއްކާއި ގަރީނާވެސް ނުހުންނަ" ވާހަކަތަކެއް ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ، ރައީސް ނަޝީދަކީ އެންމެ ފުރަތަމަ ސިޔާސީ ހަޔާތައް ނިކުންނެވިއިރުވެސް އެގޮތަށް ކަންކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާ މުންދު ވިދާޅުވީ، 2004ގައި އޮގަސްޓު 12، 13 ގެ ފަހުން ދެއްވާފައިވާ ބަޔާންތަކުންވެސް އެކަން އެގޭކަމަށެވެ.
މުންދު ވިދާޅުވީ "ޖުމުހޫރީ މައިދާނުގައި ކަކުލާ ހަމަޔަށް ލޭހުރި ވާހަކައާއި، އިންސާނުންގެ ނިޔަފަތި ތަންތާގައި ހަރުލާފަހުރި ވާހަކަވެސް" ރައީސް ނަޝީދު ދައްކަވާފައިވާ ކަމަށެވެ. އަދި ދާދިފަހުން، ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއިން ރާއްޖޭގައި އަސްކަރީ މަރުކަޒުތަކެއް ހަދައިގެން އުޅުއްވި ވާހަަކަވެސް ރައީސް ނަޝީދު ދެއްކެވިނަމަވެސް ވިދާޅުވާ އަދަދުތައްވެސް ދިމާނުވާ ކަމަށެވެ.
އެގޮތަށް ވިދާޅުވާ ވާހަކަތަކަކީ ރައީސް ނަޝީދު ސިޔާސީ މަންފާ ހޯދުމަށާއި، ސަމާލުކަން ހޯއްދަވައިގެން "ހެޑްލައިން މޭކް" ކުރެއްވުމަށް ދައްކަވާ ވާހަކަތަކެއް ކަމަށެވެ.