ads
އެމެރިކާ ސިފައިންނާއި ރައްޔިތުން މެދުގައި ވަނީ ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދިފަ.
ސީރިޔާގައި ތިބި އެމެރިކާ ސިފައިންނަށް ހަމަލާތަކެއް ދީފި
ސީރިޔާގައި ތިބި އެމެރިކާ ސިފައިންގެ ލަސްކަރަށް އަމާޒުކޮށް ހަމަލާތަކެއް ދީފިއެވެ.
Advertisement

މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ ސިފައިން އީރާން އަދި ސީރިޔާގައި ހަނގުރާމަވެރިން ތިބިކަމަށް ބުނާ ސަރަހައްދުތަކަކަށް ހަމަލާދިންތާ މާ ގިނަ އިރެއް ނުވެކަމަށް މީޑިޔާ ރިޕޯޓުތަކުން ބުނެއެވެ. 

ސީރިޔަން ސްޓޭޓް ނިއުސް އެޖެންސީ އާއި ހަވާލާދީ އަލް ޖަޒީރާއިން ބުނެފައިވަނީ "އަލް އޮމަރު އޮއިލް ފީލްޑް" ގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ރޮކެޓްތަކެއް ފޮނުވާލާފައިވާ ކަމަށެވެ.

އަލްޖަޒީރާ އިން އިތުރަށް ބުނެފައިވާ ގޮތުގައި ދަ ސީރިއަން އޮބްސާވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވެސް މިކަން ކަށަވަރުކޮށްދީފައިވެއެވެ. ދަ ސީރިއަން އޮބްސާވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން އިތުރަށް ބުނެފައިވާ ގޮތުގައި އެ ހަމަލާ ތަކުގައި މީހަކަށް އަނިޔާ ވެފައި ނުވިޔަސް އެ އޮއިލް ފީލްޑަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ. 

ސިރިޔާ ގައި ތިބި އެމެރިކާ ގެ ސިފައިންގެ ފަރާތުން ވާހަކަ ދައްކަމުން ސްޕޯކް ޕާސަން ކާނަލް ވޭން މޮރާޓޯ މިހަމަލާތައް އަމާޒުވިކަން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން އެއްވެސް މީހަކަށް އަނިޔާވެސް ވެފައި ނުވާކަމަށް އޭނާ ވަނީ ބުނެފައިއެވެ. 

އީރާނުން  އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާ ހަތިޔާރު އެޅި ގްރޫޕްތަކުން ވަނީ އެމެރިކާ ސިފައިނަށް ހަމަލާ ދޭނެ ކަމަށް ކުރިން އިއުލާނުކޮށްފައިއެވެ. އެ ގްރޫޕްތަކުން ބުނާ ގޮތުގައި މިކަން ކުރަން ނިންމާފައިވަނީ އެމެރިކާ ސިފައިން  އީރާން އަދި ސީރިޔާއަށް ދީފައިވާ ވައިގެ ހަމަލާތަކުގެ ސަބަބުންކަމަށެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް