ads
މުހައްމަދު ނިމާލް
ކ. އަތޮޅު ކައުންސިލްގެ ރައީސް ނިމާލް އޭސީސީއަށް ހާޒިރުވާން އަންގައިފި
ކ. އަތޮޅުގެ ކައުންސިލްގެ ރައީސް އަދި ލޯކަލް ގަވަރުމެންޓު އޮތޯރަޓީ(އެލްޖީއޭ)ގެ ބޯޑު މެންބަރު، މުހައްމަދު ނިމާލް މާދަމާ އޭސީސީއަށް ހާޒިރުވާން އަންގައިފި އެވެ.

އޭނާ އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު 11:30 ހާއިރުއެވެ. އޭސީސީއަށް މާދަމާ ހާޒިރުވުމަށް އަންގާ ނިމާލްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ބ.އޭދަފުށީ އިންޖީނުގެއަށް މުވައްޒަފުން އިތުރުކުރުމަށްޓަކައި، އެއްވެސް އިއުލާނެއްމުކޮށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މުވައްޒަފުން ނަގަމުންދާކަމަށް ބުނާ މައްސަލާގައި، މައުލޫމާތު ސާފުކޮށް ބަޔާނެއް ނަގައި އޭގައި ސޮއިކުރުމަށް އޭސީސީއަށް ހާޒިރުވާން އަންގާކަމަށެވެ. 

ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި މިވަގުތު ހުންނެވި ނިމާލް އޭސީސީއަށް ހާޒިރުކުރުމަށް ސިޓީ ފޮނުވާފައިވާތީ އެކަން ހާމަކޮށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ބުނެފައިވަނީ އެކަމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި މިވަގުތުއޮތް އެ ކޯލިޝަނަށް ބިރުދައްކާ ނުފޫޒު ބޭނުންކޮށްގެން އެ ކޯލިޝަންގެ މަސައްކަތްތައް ހުއްޓުވުމަށް ކުރާކަމެއް ކަމަށެވެ. އަދި އެއީ އެ ކޯލިޝަންގެ ފަރާތުން މަގާމުތަަކަށް ހޮވިވަޑައިގެންފައިވާ ބޭފުޅުންގެ މަސައްކަތަށް ހުރަސް އެޅުމަށް ސަރުކާރުން ހިންގާ އަމަލެއް ކަމުގައި ދެކޭ ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ. 

ނިމާލްއަކީ ޕީއެންސީގެ ނައިބު ރައީސް އެއްގެ އިތުރުން އެލްޖީއޭގެ ބޯޑު މެންބަރެއްވެސް މެއެވެ. އަދި މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރައްވާ، ކ. އަތޮޅުގެ ރައީސް ކަމަށް ހޮވިވަޑައިގެންފައިވަނީ ވެސް ނިމާލެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް