ގައުމަށްލިބޭ ތަރައްގީއެއް ހުއްޓުވުމަށް އެއްވެސް ބަޔަކު ކުރާ މަސައްކަތަކަށް ތާއީދެއް ދުވަހަކުވެސް ނުކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

Advertisement
ގައުމަށްލިބޭ ތަރައްގީއެއް ހުއްޓުވުމަށް އެއްވެސް ބަޔަކު ކުރާ މަސައްކަތަކަށް ތާއީދެއް ދުވަހަކުވެސް ނުކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް އޮފީހުގައި ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ރޭ އެ ޕާޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ ގައުމަށް ލިބޭ އެއްވެސް ތަރައްގީއެއް ހުއްޓުވުމަށް އެއްވެސް އެންޓި ކެންޕެއިނެއް ނުކުރައްވާނެ ކަމަށެވެ.
އަދި އެއީ އަދުގެ ސަރުކާރު ކަމުގައި ވީ ނަމަވެސް އަދި ޕާޓީ ތެރެއިން ބަޔަކު ނިކުމެގެން ކުރާ މަސައްކަތަކަށްވިޔަސް އެކަން ހުއްޓުވާނެ ކަމަށް ނިމާލް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ލިބޭ ހެވާއި ލާބަ އަދި މަންފާ ކުރަނިވި ކަންތައްތައް ހުއްޓުވުމަށް ދުވަހަކުވެސް މަސައްކަތެއް ނުކުރައްވާނެ ކަން ފާހަގަ ކުރައްވާ ނިމާލް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރާނީ ގައުމަށް ހެޔޮއެދިގެން ކަމަށާއި އަންނަން އޮތް ޖީލަށްވެސް އެދެނީ ހެވާއި ލާބަ ކަމަށް ނިމާލް ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިމާލް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގަން އުޅުނު ފ.އަތޮޅުގެ މަޝްރޫއާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އެ ޕްރޮޖެކްޓް ހުއްޓުވުމަށްޓަކައި އެމްޑީޕީން ކުރި މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ބައްދަލުވުންތައް ބާއްވަމުން އަންނައިރު އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކުރީ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ވެސް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މި މިހުކުމުގައި ބުނެފައި ވެއެވެ. މި ހުކުމް އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިހާރު ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ.